Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ތައުލީމީ ދާއިރާގައި ހައްދުފަހަނައަޅައިދިއުމުގެ މައްސަލަ ހައްލުކުރުމަށް ތަމްރީން ޕްރޮގްރާމެއް ބާއްވައިފި

ތައުލީމީ ދާއިރާގައި ހައްދުފަހަނައަޅައިދިއުމުގެ މައްސަލަ ހައްލުކުރުމަށް ތަމްރީން ޕްރޮގްރާމެއް ބާއްވައިފި

މުހައްމަދު ޖަމްޝަތު
247 ދުވަސް ކުރިން - 12 ނޮވެންބަރު 2025 13:41
އައިއެމްސީޓީސީން ބޭއްވި ތަމްރީން ޕްރޮގްރާމުގެ ތެރެއިން---ފޮޓޯ:އައިއެމްޓީސީ
އައިއެމްސީޓީސީން ބޭއްވި ތަމްރީން ޕްރޮގްރާމުގެ ތެރެއިން---ފޮޓޯ:އައިއެމްޓީސީ
ޚުލާސާ

މި ޕްރޮގްރާމުގައި ތައުލީމީ ދާއިރާގެ އެކި މުއައްސަސާތަކުން 22 ބައިވެރިން ބައިވެރިވި. މިއީ އައިއެމްސީޓީސީގެ "ޕްރިވެންޝަން" އިނީޝިއޭޓިވްގެ ދަށުން ބޭއްވި ޕްރޮގްރާމެއް

ތައުލީމީ ދާއިރާގައި ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަ ހައްލުކުރުމަށް، ދަ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) އިން ރާއްޖޭގައި ހާއްސަ ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ.

'ތައުލީމީ މާހައުލުގައި ހައްދުފަހަނަޅައި ދިއުމުގެ މައްސަލަ ހައްލުކުރުން - އަމަލީ މިސާލުތައް' މި ނަމުގައި ރާއްޖޭގެ އުތުރުގައި އިއްޔެ ބޭއްވި މި ތަމްރީން ޕްރޮގްރާމުގައި ތައުލީމީ ދާއިރާގެ އެކި މުއައްސަސާތަކުން 22 ބައިވެރިން ބައިވެރިވިއެވެ.

އައިއެމްސީޓީސީން ބޭއްވި ތަމްރީން ޕްރޮގްރާމުގެ ތެރެއިން---ފޮޓޯ:އައިއެމްޓީސީ

Advertisement

Advertisement 1

ތައުލީމާއި ފިކުރުގެ ދާއިރާގެ މާހިރުން ސެޝަންތައް ނަންގަވައިދެއްވި މި ތަމްރީން ޕްރޮގްރާމުގެ މަގުސަދަކީ ތައުލީމީ ނިޒާމުގެ ތެރޭގައި ހައްދުފަހަނަޅައި ދިއުމުގެ ނުރައްކާތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާއި ޒުވާނުންގެ މެދުގައި ހައްދުފަހަނަޅައި ދިއުމަށް މެދުވެރިވާ އާންމު ސަބަބުތައް އިލްމީ އަދި އަމަލީ ތަޖުރިބާގެ އަލީގައި ދެނެގަނެ، އެކަމަށް ހައްލު ހޯދުމަށް ބޭނުންވާ އިލްމާއި ވަސީލަތްތައް ތައުލީމީ މާހިރުންނަށް ފޯރުކޮށްދިނުމެވެ.

އެގޮތުން ތަމްރީން ޕްރޮގްރާމުގައި ފިކުރީ ހައްދުފަހަނައަޅައި ދިއުން ދެނެގަނެ، އެކަންކަން ހައްލުކުރާނެ ގޮތްތަކާއި ކެތްތެރިކަމާއެކު އެކުގައި އުޅެވޭނެ ރައްކާތެރި މާހައުލެއް ބިނާކުރުމާއި ގުޅޭ ގޮތުން ވަނީ ބައިވެރިންނަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ތަމްރީން ޕްރޮގްރާމަކީ އައިއެމްސީޓީސީގެ މެމްބަރު ގައުމުތަކުގެ މެދުގައި ޓެރަރިޒަމްއާއި ހައްދުފަހަނައެޅުމާ ދެކޮޅަށް ހޭލުންތެރިކަން އުފެއްދުމާއި އެކަންކަމާ ދެކޮޅަށް މީޑިއާތަކާއި އަސްކަރީ އަދި މާލީ ދާއިރާތަކުން ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ އިތުރުން، ހައްދުފަހަނަޅާފައިވާ ފިކުރުތަކާ ކުރިމަތިލުމުގައި ހުރިހާ ދާއިރާތަކެއް ގުޅިގެން މަސައްކަތްކުރުން އިތުރުކުރުމަށް އައިއެމްސީޓީސީން ކުރާ މަސައްކަތުގެ ތެރެއިން "ޕްރިވެންޝަން" އިނީޝިއޭޓިވްގެ ދަށުން ބޭއްވި ޕްރޮގްރާމެކެވެ.

އިސްލާމްޓެރަރިޒަމް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕާކިސްތާނުގައި ރޭލަކަށް އަމާޒުކޮށް ދިން ކާރު ބޮމުގެ ހަމަލާއެއްގައި 24 މީހުން މަރުވެއްޖެ

ޕާކިސްތާނުގައި ބޮމުގެ ހަމަލާއެއްގައި 24 މީހުން މަރުވެއްޖެ

53 ދުވަސް ކުރިން - 21:02

ޗޭޑްގައި ބޯކޯ ހަރާމްއިން ދިން ވަރުގަދަ ހަމަލާއެއްގައި 23 ސިފައިން މަރުވެއްޖެ

ބޯކޯހަރާމުން ޗޭޑްގެ 23 ސިފައިން މަރާލައިފި

71 ދުވަސް ކުރިން - 07:59

މަސްތުވާތަކެތި އުފުލި މެކްސިކޯގެ ބޯޓަކަށް ޙަމަލާދީ 11 މީހުން މަރާލައިފި

މަސްތުވާތަކެތި އުފުލި ބޯޓަކަށް ޙަމަލާދީ އެގާރަމީހުން މަރާލައިފި

143 ދުވަސް ކުރިން - 05:51

ސީރިއާއަށް ދަތުރުކުރުމުގެ ހުއްދަ ދިވެހިންނަށް ދީ، ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުން އެޗްޓީއެސް އުނިކޮށްފި

ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުން އެޗްޓީއެސް އުނިކޮށްފި

159 ދުވަސް ކުރިން - 15:53

ޕާކިސްތާނުގައި ހުކުރުނަމާދުގައި ތިއްބާ ޖާނުންދިދާވުމުގެ ޙަމަލާއެއް ދީ 31 މީހުން މަރާލައިފި

ހުކުރު ނަމާދުގައި ތިއްބާ 31 މީހުން މަރާލައިފި

159 ދުވަސް ކުރިން - 23:01

ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު ސަރުކާރުން އަލުން ގެޒެޓުކޮށްފި

ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު ސަރުކާރުން އަލުން ގެޒެޓުކޮށްފި

160 ދުވަސް ކުރިން - 23:39