ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުން ވައްކަމާ ކޮރަޕްޝަނުން ރާއްޖެ ސަލާމަތްކުރެވޭނެ: ޝުޖާއު

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 18 ދުވަސް ކުރިން - 12 ނޮވެންބަރު 2025 12:16
މެމްބަރު ޝުޖާއު. 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ރައްޔިތުންނަށް ގެނެސްދެނީ އުންމީދު ކަމަށް އޭނާ ވިދާޅުވި--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މެމްބަރު ޝުޖާއު. 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ރައްޔިތުންނަށް ގެނެސްދެނީ އުންމީދު ކަމަށް އޭނާ ވިދާޅުވި--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

މި ބަޖޭތުގެ ބޮޑު ދާއިރާއެއް ހާއްސަކުރެވިފައިވަނީ ކޮރަޕްޝަން ނައްތާލުމަށްކަން ފާހަގަކުރައްވަމުން މެމްބަރު ވިދާޅުވީ 2026 ވަނަ އަހަރުގެ ބަޖެޓުން ރައްޔިތުންނަށް ގެނެސްދެނީ އުފާވެރިކަމާ އުއްމީދު ކަމަށް

ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުން ވައްކަމާ ކޮރަޕްޝަނުން ރާއްޖެ ސަލާމަތްކުރެވޭނެ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މި މޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ބަހުސްކުރައްވަމުންނެވެ. 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ ރާއްޖޭގެ ރައްޔިތުންގެ ފުއްދުންތެރިކަން އިތުރުކޮށް، ތަރައްގީގެ މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގުމަށްޓަކައި ހުށަހެޅިފައިވާ ބަޖެޓެއް ކަމަށް މެމްބަރު ޝުޖާއު ވިދާޅުވި އެވެ.

ރައީސްގެ ވައުދުފުޅުތައް ތަންފީޒުކުރުމުގެ މަސައްކަތް މި އަހަރު، ބާރު ސްޕީޑުގައި ފެށިގެންދާކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށްވެސް މެމްބަރު ޝުޖާއު ވަނީ ވިދާޅުވެފަ އެވެ.

2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ރައްޔިތުންނަށް ގެނެސްދެނީ އުންމީދުކަން ފާހަގަކުރައްވައި މެމްބަރު ޝުޖާއު ވިދާޅުވީ، މި ބަޖެޓުގައި ވައްކަމާއި، ކޮރަޕްޝަނާއި، ފަސާދަ ނައްތާލުމަށް ރާއްޖެ ޑިޖިޓަލައިޒް ކުރުމަށްޓަކައި މި ބަޖެޓުގެ ބޮޑު ދާއިރާއެއް ކަނޑައެޅިފައިވާ ކަމަށެވެ.

"އެގޮތުން އިންސާނުން ބޭނުންނުކޮށް، ޑީޖިޓަލީ ހުރިހާ ހިދުމަތްތަކެއް ކުރެވޭނެ ގޮތަށް ދިވެހިރާއްޖޭގެ މުއައްސަސާތައް ބަދަލުވެގެން ދިޔައީމަ އަޅުގަނޑުމެންނަށް ވައްކަމާއި ކޮރަޕްޝަނުން މި ރާއްޖެ ސަލާމަތް ކުރެވޭނެ،" --- މެމްބަރު ޝުޖާއު ވިދާޅުވި އެވެ.

މެމްބަރު ޝުޖާއު އިތުރަށް ވިދާޅުވީ، ހުރިހާ މުއައްސަސާތަކުން ގުޅިގެން ބަޖެޓު ތަންފީޒުކުރުމަށް މަސައްކަތްކޮށްފި ކަމުގައިވާނަމަ، މި ބަޖެޓަކީ ރައްޔިތުންނަށް އުފާފާގަތިކަން ލިއްބައިދޭނެ ބަޖެޓެއް ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%