ބޯޓެއް އަޑިއަށް ގޮސް އެކަކު ގެއްލިގެން ހޯދަނީ

އައިޝަތު ރުވާ ރިފްޢަތު | 24 ދުވަސް ކުރިން - 11 ނޮވެންބަރު 2025 22:58
ފައިސަލާ ނަމަކަށް ކިޔާ ބޯޓު އަޑިއަށް ދިޔަ ސަރަހައްދު---ފޮޓޯ: އެމްއެންޑީއެފް
ފައިސަލާ ނަމަކަށް ކިޔާ ބޯޓު އަޑިއަށް ދިޔަ ސަރަހައްދު---ފޮޓޯ: އެމްއެންޑީއެފް
ޚުލާސާ

މާލެއިން ފުރައިގެން ކާށިދޫ އަށް ދަތުރު ކުރި މި ބޯޓުން 11 މީހުން ދަތުރުކުރި. ބޯޓު އަޑިއަށް ދިޔައީ ކާށިދޫގެ ފަރަށް އަރައިގެން

މިރޭގެ ވަގުތެއްގައި މާލެ އިން ފުރއިގެން ކ. ކާށިދޫ އަށް ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސް، އެ ބޯޓުން ދަތުރުކުރި ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

މި ބޯޓުން ޖުމްލަ 11 މީހަކު ދަތުރުކުރި އިރު އޭގެ ތެރެއިން 10 މީހަކު މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ސަލާމަތްކޮށްފަ އެވެ. އެއީ ފަސް ދިވެހިންނާއި ފަސް ބިދޭސީންނެވެ. ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް މާލެ އޭރިއާ ކޯސްޓް ގާޑްގެ ސެކަންޑް ސްކޮޑްރަން އިން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ފައިސަލާ ނަމަކަށް ކިޔާ މި ބޯޓު އަޑިއަށް ދިޔައީ ކާށިދޫ ދެކުނު ފަރާތުގެ ފަރަށް އަރައިގެންނެވެ. ފުލުހުން ބުނެފައިވަނީ މި ބޯޓު ފަރަށް އަރައިގެން އެ އިދާރާ އަށް ރިޕޯޓުކޮށްފައިވަނީ 19:52 ހާއިރު ކަމަށެވެ.

މި ބޯޓު ފަރަށް އަރާފައިވާތީ އެ ބޯޓުގައި ހުރި މުދާތައް އޮޔާ ދާތީ އެ ސަރަހައްދުން ދަތުރުކުރަމުންދާ އެންމެހާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%