Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

"މޯލްޑިވްސް 2.0" ވެގެންދާނީ ކޮރަޕްޝަން ނައްތާލަން ކުރާ އެންމެ ބޮޑު މަސައްކަތަށް: ރައީސް

"މޯލްޑިވްސް 2.0" ވެގެންދާނީ ކޮރަޕްޝަން ނައްތާލަން ކުރާ އެންމެ ބޮޑު މަސައްކަތަށް: ރައީސް

މުހައްމަދު ޖަމްޝަތު
252 ދުވަސް ކުރިން - 11 ނޮވެންބަރު 2025 16:56
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަނީ---ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަނީ---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

"މޯލްޑިވްސް 2.0" ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ހުރިހާ ހިދުމަތެއް މިހާރު ވަނީ ޑިޖިޓަލައިޒްކޮށްފަ.

ސަރުކާރުގެ މުއައްސަސާތަކުގެ ހިދުމަތްތައް ދެފުށްފެންނަ ގޮތެއްގައި ހިންގުމަށް ކުރިއަށްގެންދާ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް، "މޯލްޑިވްސް 2.0" ވެގެންދާނީ ކޮރަޕްޝަން ނައްތާލަށް މި ސަރުކާރުން ކުރާނެ އެންމެ ބޮޑު މަސައްކަތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 57 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ހެދުނު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަމުން ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ އަދުލުވެރި އިންސާފުވެރި ވެރިކަމެއް ކުރުމަށް ކަމަށާއި އެކަން ހާސިލުކުރެވޭނީ ދައުލަތުގެ ހިންގުމުގެ ނިޒާމުން ކޮރަޕްޝަން ނައްތާލެވިގެން ކަމަށެވެ. އަދި ކޮރަޕްޝަން ނައްތާލަން އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އެކަން ހާސިލުކުރެވޭނީ ދައުލަތުގެ ހިންގުން ހަރުދަނާކުރެވި ކޮރަޕްޝަން ހިންގުމަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރެވިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

އެފަދަ ދޮރުތައް ބަންދުކޮށް ކޮރަޕްޝަން ނައްތާލަން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދައުލަތުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް މި ސަރުކާރުން ކުރާ އެންމެ މުހިންމު އަދި އެންމެ ބޮޑު މަސައްކަތް ކަމަށްވާ "މޯލްޑިވްސް 2.0" އަންނަ އަހަރު ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

Advertisement

Advertisement 1

"މޯލްޑިވްސް 2.0 ވެގެން ދާނީ އިރާދަކުރެއްވިއްޔާ ގަވަނެންސް ނިޒާމުން، ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލުމަށް މި ސަރުކާރުން ކުރާނެ އެންމެ ބޮޑު މަސައްކަތަށް،" ރައީސް ވިދާޅުވި އެވެ.

ޑިޖިޓަލައިޒޭޝަން ޕްރޮގްރާމުގެ ދަށުން މޯލްޑިވްސް އިމިގްރޭޝަނުގެ ހުރިހާ މަސައްކަތެއް އިއްޔެ ވަނީ ޑިޖިޓަލައިޒްކޮށްފަ އެވެ. އެއާއެކު އިމިގްރޭޝަނުން ފޯރުކޮށްދޭ ހުރިހާ މަސައްކަތެއް މިހާރު އޮންލައިންކޮށް ލިބޭނެ އެވެ.

ރައީސް ވިދާޅުވީ އިމިގްރޭޝަންގެ ހުރިހާ ހިދުމަތްތައް ޑިޖިޓަލައިޒްކުރެވިގެންދިޔަ ދިއުމަކީ ކޮރަޕްޝަން ނައްތާލަން އެޅުނު މުހިންމު ފިޔަވަޅެއްކަމަށާއި ދައުލަތުގެ ހުރިހާ މުއައްސަސާތައްވެސް މިގޮތަށް ޑިޖިޓަލައިޒްކޮށް މުޅިން ޕޭޕަލެސް ކުރައްވާނެކަމަށެވެ. އަދި މިކަމުގައި މުޅި ދައުލަތް ހިމެނޭކަމަށާއި ޖުޑިޝަރީއާއި ރައްޔިތުންގެ މަޖިލިސް އަދި ބޭންކްތައްވެސް ހިމެނޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"މީގެ މަސައްކަތްތައް މިހާރުވެސް އެކި މަރުހަލާގައި ވަނީ ފެށިފައި. އަންނަ އަހަރު ވާނެ ޢަމަލީގޮތުން މީގެ ބޮޑެތި މަސައްކަތްތައް ފެށޭ އަހަރަށް. 3 އަހަރުގެ މަސައްކަތެއް މިއީ. 2028ގެ މެދަށް ދާއިރު މީގެ ބޮޑެތި މަސައްކަތްތައް ނިމި، އެ ރައްޔިތެއްގެ ހިދުމަތް އަތުން ފެންނަ ގޮތަށް ބަދަލުކުރެވޭނެ. އައިޑީ ކާޑުވެސް މުޅިން ޑިޖިޓަލައިޒް ކުރެވޭނެ," ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޖުމްހޫރީ ވެރިކަމެއްގައި ދެފުށް ފެންނަ އިންސާފުވެރި އަދުލުވެރި ވެރިކަމެއް ކުރެވޭނީ ކޮރަޕްޝަންގެ ބޮޑު ވަބާއިން ސަލާމަތްވެގެންކަމަށެވެ. އަދި ރައްޔިތުންނަށް ރަނގަޅު ހިދުމަތެއްވެސް ދެވޭނީ ގުޑް ގަވަރަނަންސްގެ ނިޒާމުތަކަށް ދަތުރުކޮށް، މިއީ ރައްޔިތުން ބަލައިގަންނަ ނިޒާމަކަށް ވެގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްކޮރަޕްޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

17 ގަޑިއިރު ކުރިން - 18:38

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

22 ގަޑިއިރު ކުރިން - 13:44

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

2 ދުވަސް ކުރިން - 12:41

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

4 ދުވަސް ކުރިން - 05:40

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

4 ދުވަސް ކުރިން - 16:01

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

5 ދުވަސް ކުރިން - 19:57