މަސްތުވެގެން ކުޑަ ފިރިހެން ދަރިފުޅަށް ޖިިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

މުހައްމަދު ޖަމްޝަތު | 19 ދުވަސް ކުރިން - 11 ނޮވެންބަރު 2025 15:52
ޕޮލިސް ހެޑްކުއާޓަރު، ޝަހީދު ހުސެން އާދަމް ބިލްޑިންގް---ފޮޓޯ:ޚުލާސާ
ޕޮލިސް ހެޑްކުއާޓަރު، ޝަހީދު ހުސެން އާދަމް ބިލްޑިންގް---ފޮޓޯ:ޚުލާސާ
ޚުލާސާ

ހައްޔަރުކުރީ 50 އަހަރުގެ މީހެއް. ބަނގުރާ ބޮއެގެން އޭނާގެ ކުޑަ ފިރިހެން ދަރިފުޅަށް ޖިންސީ އަނިޔާކުރިކަމަށް ފުލުހުން ތުހުމަތުކުރޭ

މަސްތުވެގެން ހުރެ ކުޑަ ފިރެހެންދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ އަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކޮށްފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާލެ ސަރަހައްދުގައި ކުޑަ ފިރިހެން ކުއްޖަކަށް އެކުއްޖާގެ މަންމަގެ ފަރާތުން ޖިސްމާނީ އަނިޔާ ދިނުމުގެ އިތުުރުން މަސްތުވުމަށް ބަނގުރާ ބޭނުންކޮށްގެންހުރެ އެކުއްޖާ އަށް ޖިންސީ އަނިޔާ ދީފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ އޮކްޓޯބަރު 28 ވަނަ ދުވަހު ސޯޝަލް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުކުރެވޭ 50 އަހަރުގެ މަންމަ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%