ހުޅުމާލޭ ފަޅުތެރޭގައި އޮތް ބޯޓެއްގައި އަލިފާން ރޯވެއްޖެ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 24 ދުވަސް ކުރިން - 11 ނޮވެންބަރު 2025 14:20
ހުޅުމާލެ ފަޅުތެރޭގައި އަލިފާން ރޯވި ބޯޓު. ބޯޓުގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފަ--- ފޮޓޯ: ޕޮލިސް
ހުޅުމާލެ ފަޅުތެރޭގައި އަލިފާން ރޯވި ބޯޓު. ބޯޓުގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފަ--- ފޮޓޯ: ޕޮލިސް
ޚުލާސާ

މި ހާދިސާގައި އުޅަނދަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއްކަން ސާފުވެފައިނުވި ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އުޅަނދުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައި

ހުޅުމާލެ ފަޅުތެރޭގައި އޮތް ބޯޓެއްގައި އަލިފާން ރޯވެއްޖެ އެވެ.

މިކަމާއި ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ހުޅުމާލޭ ފަޅުތެރޭގައި އޮތް ބޯޓެއްގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެމްއެންޑިއެފްއިން އިތުރަށް ބުނީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލޭ ފަޅުގައި އަޅާފައިވާ އުޅަނދެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވިީޑިއޯތަކުން ފެންނަ ގޮތުގައި، މި ބޯޓުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފަ އެވެ. މި ހާދިސާގައި އުޅަނދަށް ލިބިފައިވަނީ ކިހާވަރެެއްގެ ގެއްލުމެއް ކަމެއް އަދި ސާފެއްނުވެ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%