Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހެޔޮ ވެރިއެއްގެ ކިބައިގައި އަމާނާތްތެރިކަމާއި އަދުލުވެރިކަން ގާއިމުކުރުމުގެ ގާބިލުކަން ހުންނަންވާނެ: އާދަމް ނަސީރު

ހެޔޮ ވެރިއެއްގެ ކިބައިގައި އަމާނާތްތެރިކަމާއި އަދުލުވެރިކަން ގާއިމުކުރުމުގެ ގާބިލުކަން ހުންނަންވާނެ: އާދަމް ނަސީރު

މުޙައްމަދު ޖިނާން ހުސައިން ޖަބީން
252 ދުވަސް ކުރިން - 11 ނޮވެންބަރު 2025 13:48
މިނިސްޓަރު އާދަމް ނަސީރު. ދީނީ ގޮތުން ރަނގަޅާއި ނުރަނގަޅު ދެނެގަތުމުގެ ގާބިލުކަން ވެރިންގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި--- ފޮޓޯ: ރައީސް އޮފީސް
މިނިސްޓަރު އާދަމް ނަސީރު. ދީނީ ގޮތުން ރަނގަޅާއި ނުރަނގަޅު ދެނެގަތުމުގެ ގާބިލުކަން ވެރިންގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ޖުމްހޫރިއްޔަތަކަށް ބަދަލުވުމުގެ މަގުސަދަކީ ރައްޔިތުންނަށް ލާބަޔާ މަންފާ ހުރި ގޮތްތައް ގެނައުންކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި

ހެޔޮ ވެރިއެއްގެ ކިބައިގައި އަމާނާތްތެރިކަމާއި އަދުލުވެރިކަން ގާއިމުކުރުމުގެ ގާބިލުކަން ހުންނަންވާނެ ކަމަށް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަސީރު މި މޭރުމުން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ދީނީ އަހުލާގަށް އިސްކަންދިނުމާއި، ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަށް އިސްކަން ދިނުމަކީ ރަނގަޅު ވެރިއެއްގެ ކިބައިގައި ހުންނާނެ ސިފަތަކެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިފަދަ ހަރުދަނާ ވެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށް ރައީސް ޑރ. މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުވުމުގެ އެންމެ މުހިންމު މަގުސަދަކީ ރައްޔިތުންނަށް ލާބަޔާ މަންފާ ހުރި ގޮތްތައް ގެނައުންކަން ފާހަގަކުރައްވައި މިނިސްޓަރު ނަސީރު ވިދާޅުވީ، ރައްޔިތުން އިންތިހާބުކުރާ ވެރިން ރައްޔިތުންނަށް އަމާނަތްތެރިކަމާއެކު ވެރިކަންކޮށްދޭން ޖެހޭނެ ކަމަށެވެ.

Advertisement

Advertisement 1

ހެޔޮ ވެރިއެއްގެ ކިބައިގައި ހުންނާނެ ސިފަތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ ދީނީ ގޮތުން ރަނގަޅު ގޮތާއި ރަނގަޅު ނޫން ގޮތް ދެނެގަތުމުގެ ގާބިލުކަމާއި ރައްޔިތުންގެ ހާލު ދެނެގަތުމުގެ ގާބިލުކަން ރައްޔިތުން އިންތިހާބުކުރާ ވެރިންގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށެވެ.

މިނިސްޓަރު ނަސީރު އިތުރަށް ވިދާޅުވީ، އަދުލުވެރިކަން ގާއިމުކޮށް، ދުރު ރާސްތާއަށް ސިޔާސަތު ބައްޓަންކުރާނީ ހަރުދަނާ ވެރިއެއް ކަމަށާއި އެފަދަ ސިފަތައް މި ވެރިކަމުގައި ފެންނަމުންދާ ކަމަށެވެ.

(ކުރީގެ މިނިސްޓަރު) އާދަމް ނަސީރުޖުމްހޫރީ ދުވަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދިވެހިބަހާއި ގައުމިއްޔަތާ ބެހޭ ހާއްސަ މުޝީރުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

ދިވެހިބަހާއި ގައުމިއްޔަތާބެހޭ ހާއްސަ މުޝީރުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

42 ދުވަސް ކުރިން - 15:59

އުސްގެކޮޅު މިއުޒިއަމަކަށް ބަދަލު ކުރުމުގެ މަސައްކަތް އެފްޑީސީން ފަށައިފި

އުސްގެކޮޅު މިއުޒިއަމަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

171 ދުވަސް ކުރިން - 23:21

އަންނަ އަހަރު ވެގެންދާނީ ކޮރަޕްޝަނުން ސަލާމަތްކުރެވިފައި އޮތް ނިޒާމެއްގެ ތެރެއިން ހިދުމަތް ދެވޭ އަހަރަކަށް: ރައީސް

ކޮރަޕްޝަނުން ސަލާމަތްކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ހިދުމަތްތައް ދޭންފަށަނީ

252 ދުވަސް ކުރިން - 18:43

މާލެ ސަރަހައްދުގައި 7،000 އަށްވުރެ ގިނަ ހައުސިން ޔުނިޓުގެ މަސައްކަތް ކުޑަ ދުވަސްކޮޅެއް ތެރޭގައި ފެށޭނެ: ރައީސް

"މާލެ ސަރަހައްދަށް 7،000 ހައުސިން ޔުނިޓް"

252 ދުވަސް ކުރިން - 16:14

ރައްޔިތުންނަށް ތަރައްގީގެ އުޖާލާ ދުވަސްތަކެއް ހޯދައިދޭނަން: ރައީސް

ރައްޔިތުންނަށް ތަރައްގީގެ އުޖާލާ ދުވަސްތަކެއް ހޯދައިދޭނަން: ރައީސް

252 ދުވަސް ކުރިން - 11:16

ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް ޖުމްހޫރީ ދުވަހު އިނާމު ދެއްވުމަށް ރައީސް ނިންމަވައިފި

ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމުދެއްވުމަށް ނިންމަވައިފި

253 ދުވަސް ކުރިން - 14:48