ދިއްލީގައި ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 24 ދުވަސް ކުރިން - 11 ނޮވެންބަރު 2025 10:21
ދިއްލީގައި ރޭގެ ވަގުތެއްގައި ހިނގި ހާދިސާ--- ފޮޓޯ: އެންޑީޓީވީ
ދިއްލީގައި ރޭގެ ވަގުތެއްގައި ހިނގި ހާދިސާ--- ފޮޓޯ: އެންޑީޓީވީ
ޚުލާސާ

ތައުޒިޔާ ވިދާޅުވަމުން ރައީސް ވިދާޅުވީ މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އިންޑިއާ ސަރުކާރާއި ރައްޔިތުންނާ އެކުގައި ކަމަށް

އިންޑިއާގެ ދިއްލީގައި ހުންނަ ރެޑް ފޯޓުގެ ސަރަހައްދުގައި ރޭ ހިނގި ނުރައްކާތެރި ހާދިސާގައި ބަޔެއްގެ ފުރާނަ ގެއްލުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

މި ހާދިސާއާއި ގުޅިގެން ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިއްލީގެ ރެޑް ފޯޓް ސަރަހައްދުގައި ހިނގި ހާދިސާގައި އެތައް ބައެއްގެ ފުރާނަ ގެއްލުނު ހަބަރު އައްޑުއެއްސެވީ ފުން ހިތާމައާއެކުގަ އެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބިފައިވާ މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފަ އެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އިންޑިއާ ސަރުކާރާއި ރައްޔިތުންނާ އެކުގައި ކަމަށްވެސް އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފަ އެވެ.

ދިއްލީގެ ރެޑް ފޯޓުގައި ރޭ ވަރަށް އިރާކޮޅު ކާރެއް ގޮއްވާލައިގެން 8 މީހަކު މަރުވިއެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި މަރުވި މީހުންގެ ޢަދަދު 9 އަށް އަރާއިރު 30 ވަރަކަށް މީހުން ޒަޚަމްވެފައިވާ ކަމަށާއި، މި ޙާދިސާ އާއި ގުޅިގެން ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާޢަތެއް ކަމަށް ވާ ޖައިޝޭ މުޙައްމަދު ޖަމާޢަތާއި ގުޅުން އޮތް ކަމަށް ބެލެވޭ 4 މީހަކު ހައްޔަރު ކޮށްފައި ވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%