Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަވައްޓެރި އިންޑިއާއަކީ ރާއްޖޭގެ ކުރިއެރުމަށް އަބަދުވެސް ދެމިތިބޭ ބައެއް: ރައީސް

އަވައްޓެރި އިންޑިއާއަކީ ރާއްޖޭގެ ކުރިއެރުމަށް އަބަދުވެސް ދެމިތިބޭ ބައެއް: ރައީސް

އައިޝަތު ރުވާ ރިފްޢަތު
293 ދުވަސް ކުރިން - 10 ނޮވެންބަރު 2025 19:28
އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު، ރައީސް އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން/ ފޮޓޯ---ރައީސް އޮފީސް
އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު، ރައީސް އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން/ ފޮޓޯ---ރައީސް އޮފީސް
ޚުލާސާ

އިންޑިއާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ އެޖެންޑާގައި އަބަދުވެސް ދެމިތިބޭ ބައިވެރިއެއް ކަމަށް ރައީސް ވިދާޅުވެފައިވޭ.

ދިވެހިރާއްޖޭގެ ތަރައްގީއަށް ޓަކައި އަބަދުވެސް މަސައްކަތްކުރާ އަދި ރާއްޖޭގެ ކުރިއެރުމަށް އަބަދުވެސް ދެމިތިބޭ ބަޔަކީ އަވައްޓެރި އިންޑިއާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ، ރައީސް އަރިހަށް މިއަދު ހެނދުނުގެ ވަގުތެއްގައު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގަ އެވެ.

ރައީސް އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި، މިނިސްޓަރު ނައިޑޫއަށް މަރުހަބާ ވިދާޅުވަމުން ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އެ ގައުމުގެ ސަރުކާރަށް، ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ދިގު މުއްދަތެއްގައި ދެމުން އަންނަ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. ހާއްސަ ގޮތެއްގައި، ހަނިމާދޫ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ވަގުތަށް ހުޅުވުމަށް އިންޑިއާގެ އެހީތެރިކަން ލިބުނުކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން ތަރައްގީ އާއި ބައިނަލްއަގުވާމީ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށް ރައީސް ފާހަގަކުރައްވާފައިވެ އެވެ.

ރައީސް އިތުރަށް ވިދާޅުވީ، އިންޑިއާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ އެޖެންޑާގައި އަބަދުވެސް ދެމިތިބޭ ބައިވެރިއެއް ކަމަށާއި، ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ލަސްވުމެއްނެތި ނިންމައި އަމަލީ ބަޔަކަށް ހެދުމަށް ދެ ގައުމުގެ މެދުގައި އެއްބާރުލުން ދެމި އޮންނާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

Advertisement

Advertisement 1

މި ބައްދަލުވުމުގައި ސިވިލް އޭވިއޭޝަން މިނިސްޓަރު ނައިޑޫ ވަނީ ހަނިމާދޫ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ހުޅުވުމުގެ ތާރީހީ މުނާސަބަތުގައި ދިވެހި ސަރުކާރަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ބޮޑުވަޒީރު މޯދީއާއި ރައީސް ޑރ. މުއިއްޒު ދެބޭފުޅުން ވެސް "ހިންދު ކަނޑުގެ" ސަރަހައްދު ތަރައްގީކުރުމަށް ވަރަށް ބޮޑަށް އަޒުމް ކަނޑައަޅުއްވާފައިވާ ކަމަށް ނައިޑޫ ވިދާޅުވެފައިވެ އެވެ.

އިންޑިއާއިން ދިވެހިރާއްޖެއަށް ދެމުން އަންނަ އެހީތެރިކަން ކުރިއަށް އޮތް ތަނުގައިވެސް ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން، މިހާރު ފަށާފައިވާ މަޝްރޫއުތައް ރާވާފައިވާ ގޮތަށް ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފަ އެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސް އާއި ނައިޑޫ ވަނީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެގައުމަށް ވެސް ފައިދާހުރި ނަތީޖާތަކެއް ނެރެދޭނެ މަސައްކަތްތައް ކުރިއެރުވުމަށް އެއްވެސް ފަސްޖެހުމެއްނެތި ކަށަވަރުކޮށްދެއްވާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއިންޑިއާ - ރާއްޖެ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައީސް ޑރ. މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ: ޝިޔާމް

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

7 ގަޑިއިރު ކުރިން - 20:10

ރާއްޖޭގައި އިންޖިނިއަރިން ދާއިރާއިން ދިރާސާތައް ކުރެވޭނެ އެންމެ މަތީ ފެންވަރުގެ ލެބޯޓަރީއެއް ގާއިމުކުރަން ނިންމަވައިފި

އިންޖިނީރިންގެ ދާއިރާއިން ތަހުލީލާއި ދިރާސާކުރާނެ ލެބޯޓާރީއެއް ގާއިމުކަރަނީ

8 ގަޑިއިރު ކުރިން - 19:52

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި: މުޅި މަޝްރޫއު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި

8 ގަޑިއިރު ކުރިން - 19:49

އިންޖިނީރިންގއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

އިންޖިނީރިންގްއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

16 ގަޑިއިރު ކުރިން - 11:32

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

1 ދުވަސް ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

1 ދުވަސް ކުރިން - 08:31