Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މޯލްޑިވްސް 2.0ގެ ދަށުން އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށްފި

މޯލްޑިވްސް 2.0ގެ ދަށުން އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށްފި

މުހައްމަދު ޖަމްޝަތު
298 ދުވަސް ކުރިން - 10 ނޮވެންބަރު 2025 18:25
މޯލްޑިވްސް 2.0 ގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް
މޯލްޑިވްސް 2.0 ގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރަށްރަށުގައި ތިބޭ ބިދޭސީންގެ ކަންތައްތައް ބެލެހެއްޓުމުގައި ކައުންސިލްތަކަށް ކުރިމަތިވާ ދަތިކަން ވެސް މިއަދު ތައާރަފްކުރި އެޕްލިކޭޝަނުގެ ސަބަބުން ފަސޭހަވާނެ

މޯލްޑިވްސް 2.0 ގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް ރަސްމީކޮށް މިއަދު އިފުތިތާހުކޮށްފިއެވެ.

ބާސެލޯ ނަސަންދުރައިގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް، ހޯމް މިނިސްޓަރު އަލީ އިހުސާން، އިމިގްރޭޝަންގެ ކޮންޓްރޯލާ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ފަސީހު އަދި އިމިގްރޭޝަންގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ އިމިގްރޭޝަނުން އަލަށް ތައާރަފުކުރި "އީ-ވިޒާ" ވެސް ރަސްމީކޮށް އިފުތިތާހުކޮށްދެއްވައިފައެވެ. އޭގެ ސަބަބުން ފިޒިކަލް ޕާސްޕޯޓް ހިފައިގެން ވިސާ ޖަހަން އިމިގްރޭޝަަނަށް ދާން އުފުލި ބުރައަށް ނިމުން އައިސް ރާއްޖޭގައި އުޅޭ ބިދޭސީންގެ ކަންތައްތައް ބަލަން ފަސޭހަކޮށްދޭނެ އެވެ.

Advertisement

Advertisement 1

ރާއްޖެ ޑިޖިޓަލައިޒްކުރަން ސަރުކާރުން ކުރިއަށް ގެންދާ "މޯލްޑިވްސް 2.0" ސިޔާސަތުގެ ދަށުން އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، އެ ހިދުމައްތައް އިފްތިތާހުކުރަން މިއަދު ބޭއްވި ރަސްމިއްޔާތު ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރައީސްގެ އެ ސިޔާސަތާ އެެއްގޮތަށް 100 ޕަސެންޓް ޑިޖިޓަލައިޒް ކުރި ފުރަތަމަ މުއައްސަސާއަކީ މޯލްޑިވްސް އިމިގްރޭޝަން ކަމަށެވެ. އެއީ ރައީސްގެ އެ ސިޔާސަތު މޯލްޑިވްސް އިމިގްރޭޝަނުން ބަލައިގަނެ، އެ ކަން ތަންފީޒުކުރަން ދޭ އަހަންމިއްޔަތު ދައްކައިދޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ފަސީހު ވަނީ އިމިގްރޭޝަންގެ އާ މޯބައިލް އެޕްލިކޭޝަން އިފުތިތާހުކޮށްދެއްވައިފައެވެ. އެ އެޕްލިކޭޝަން މެދުވެރިކޮށް އިމިގްރޭޝަންގެ ހުރިހާ ހިދުމަތްތަކެއް ލިބެން ހުންނާނެއެވެ.

އިހުސާން ވަނީ އިމިގްރޭޝަންގެ ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަން "އެމް އައިޑީ ޗެކާ" އެ ރަސްމިއްޔާތުގައި އިފުތިތާހުކޮށްދެއްވައިފައެވެ. އެ އެޕްލިކޭޝަނަކީ ރާއްޖޭގައި ގަވައިދާހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ތައާރަފުކުރި އެޕްލިކޭޝަނެކެވެ.

އިމިގްރޭޝަންރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

3 ދުވަސް ކުރިން - 13:50

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

3 ދުވަސް ކުރިން - 12:54

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

3 ދުވަސް ކުރިން - 11:58

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން ގައުމީ ފެންވަރުގައި މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

3 ދުވަސް ކުރިން - 11:56

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

3 ދުވަސް ކުރިން - 16:54

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

3 ދުވަސް ކުރިން - 16:10

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%