Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެއާޕޯޓުގައި ހިންގި ފޭރުމުގެ މައްސަލައާ ގުޅިގެން އިތުރު 3 މީހަކު ހައްޔަރުކޮށްފި

އެއާޕޯޓުގައި ހިންގި ފޭރުމުގެ މައްސަލައާ ގުޅިގެން އިތުރު 3 މީހަކު ހައްޔަރުކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
248 ދުވަސް ކުރިން - 10 ނޮވެންބަރު 2025 14:48
ޑޮލަރު ފޭރުމުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ތިން މީހުން. މި މައްސަލައާ ގުޅިގެން ހަތް މީހަކު މިހާތަނަށް ހައްޔަރުރެވިފައިވޭ--- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ޑޮލަރު ފޭރުމުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ތިން މީހުން. މި މައްސަލައާ ގުޅިގެން ހަތް މީހަކު މިހާތަނަށް ހައްޔަރުރެވިފައިވޭ--- ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ޚުލާސާ

މި އެންމެންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ މި އެންމެން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ

އެއާޕޯޓުގައި ހިންގި ޑޮލަރު ފޭރުމުގެ މައްސަލައާ ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، ނިމިދިޔަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުގެ ފަތިހު އެއާޕޯޓުގައި ހިންގި ފޭރުމުގެ މައްސަލައިގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ހަތް މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން ފަހުން ހައްޔަރުކުރި ތިން މީހުންނަކީ، ގއ. ވިލިނގިލި / ބިނާ، އަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު (27އ) އާއި ތ. ވިލުފުށި / އެހީވާގެ، އަހުމަދު މާހިދު (44އ) އާއި ސ. ހިތަދޫ / ވަށަގުލިމާގެ، އަލީ އަފްޒަލް (21އ) އެވެ.

Advertisement

Advertisement 1

އަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު ހައްޔަރުކޮށްފައިވަނީ މި މަހުގެ ދެވަނަ ދުވަހު ކަމަށާއި އަހުމަދު މާހިދު ހައްޔަރުކޮށްފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އަލީ އަފްޒަލް ހައްޔަރު ކޮށްފައިވަނީ މި މަހުގެ ފަސްވަނަ ދުވަހު ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އަލީ އަފްޒަލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ފުރުތަމަ ތިން ދުވަހަށް ބަންދުކުރުމަށް އަމުރު ކުރުމަށްފަހު ދެވަނަ ފަހަރަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، މި މައްސަލައިގައި މިހާތަނަށް ހަތަރު މީހަކު ފުރުން މަނާކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފަސް އުޅަނދެއް ބަލައި ފާސްކުރެވި، މާލެ އާއި އިތުރު ރަށްތައް ހިމެނޭހެން ޖުމްލަ 20 ތަނެއް މިހާތަނަށް ބަލައި ފާސްކުރެވިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

1 ދުވަސް ކުރިން - 10:28

ހޯރަފުށީ ޖޭޖޭ ޔުނިޓްގެ ކުދިންތަކެއް މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

2 ދުވަސް ކުރިން - 00:36

ފުލުހުންނާ ގުޅިގެން ކަރެކްޝަންސްއިން އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

3 ދުވަސް ކުރިން - 13:45

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

4 ދުވަސް ކުރިން - 19:32

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

4 ދުވަސް ކުރިން - 19:09

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

5 ދުވަސް ކުރިން - 01:44