Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންޑިއާ އާއި ރާއްޖެއާ ދެމެދު ގުޅުންތައް އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފި

އިންޑިއާ އާއި ރާއްޖެއާ ދެމެދު ގުޅުންތައް އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފި

އައިޝަތު ރުވާ ރިފްޢަތު
302 ދުވަސް ކުރިން - 9 ނޮވެންބަރު 2025 18:46
އިންޑިއާ-ރާއްޖެއާ ދެމެދު ގުޅުންތައް އިތުރު ކުރަން މަޝްވަރާ ކުރުން/  ފޮޓޯ: އިންޑިއާ ހައިކޮމިޝަން
އިންޑިއާ-ރާއްޖެއާ ދެމެދު ގުޅުންތައް އިތުރު ކުރަން މަޝްވަރާ ކުރުން/ ފޮޓޯ: އިންޑިއާ ހައިކޮމިޝަން
ޚުލާސާ

ހަނިމާދޫގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ހާއްސަ ރަސްމިއްޔާތުގައި ބައިވެވެވަޑައިގަތުމަށްޓަކައި އިންޑިއާގެ ޓިމެއް ވަނީ ރާއްޖެ ވަޑައިގެންފަ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އެގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕު ރާމް މޯހަން ނައިޑޫ، ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލްއާ މިއަދު ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ. މި ބައްދަލުކުރެއްވުން ބޭއްވުނީ ހާރިޖީ ވުޒާރާގަ އެވެ.

މި ދަތުރުފުޅަކީ، ހަނިމާދޫގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ހާއްސަ ރަސްމިއްޔާތުގައި ބައިވެވެވަޑައިގަތުމަށްޓަކައި އިންޑިއާގެ މިނިސްޓަރު ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓް އެހީގެ ދަށުންނެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރުގެ އަރިހުގައި އިންޑިއާގެ ސިވިލް އޭވިއޭޝަން ދާއިރާގެ ވަފުދެއްވެސް ރާއްޖެއަށް ވަޑައިގެންފައިވެ އެވެ.

Advertisement

Advertisement 1

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ވިދާޅުވީ، މި ދަތުރުފުޅުގެ ތެރެއިން މިއަދު ވަޒީރު ޑރ. ހަލީލާއި ބައްދަލުކުރައްވައި، ރާއްޖެ އާއި އިންޑިއާގެ ދެމެދުގައި އޮތް ގާތް ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. މި މަޝްވަރާތަކުގައި ދެގައުމުގެ ދެމެދުގައިވާ ދިގު ތާރީހީ ގުޅުމާއި، އެ ގުޅުން ދެމެހެއްޓުމާއި އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލާފައިވެ އެވެ.

އިންޑިއާ - ރާއްޖެ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ ބޮޑުވަޒީރު މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު: ރައީސް

"ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު"

11 ދުވަސް ކުރިން - 23:42

ބޯޓެއް ބަންޑުންޖަހާލައި އިންޑިއާގެ 15 ފަތުރުވެރިން މަރުވެއްޖެ

ބޯޓެއް ބަންޑުންޖަހާލައި އިންޑިއާގެ 15 ފަތުރުވެރިން މަރުވެއްޖެ

57 ދުވަސް ކުރިން - 23:36

އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން: ސައީދު

"އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން"

59 ދުވަސް ކުރިން - 16:25

އިންޑިއާއިން ރާއްޖެއަށް ހިމަބިއްސާއި ރުބެއްލާ ވެކްސިން އަދި 3 ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

އިންޑިއާއިން ރާއްޖެއަށް 3 ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

86 ދުވަސް ކުރިން - 13:15

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

89 ދުވަސް ކުރިން - 12:43

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

101 ދުވަސް ކުރިން - 22:03