Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިރެއަކީ ހަނިމާދޫ ރައްޔިތުންނަށް ހާއްސަ ރެއެއް، ކުލަގަދަ ހަފްލާއަކާއެކު ހަނިމާދޫ އެއާޕޯޓު މިރޭ ހުޅުވަނީ

މިރެއަކީ ހަނިމާދޫ ރައްޔިތުންނަށް ހާއްސަ ރެއެއް، ކުލަގަދަ ހަފްލާއަކާއެކު ހަނިމާދޫ އެއާޕޯޓު މިރޭ ހުޅުވަނީ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
300 ދުވަސް ކުރިން - 9 ނޮވެންބަރު 2025 15:52
ހަނިމާދޫ އެއާޕޯޓު. ހަނިމާދޫ އެއާޕޯޓުން އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާނެ--- ފޮޓޯ: ޕީއެސްއެމް
ހަނިމާދޫ އެއާޕޯޓު. ހަނިމާދޫ އެއާޕޯޓުން އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާނެ--- ފޮޓޯ: ޕީއެސްއެމް
ޚުލާސާ

ހަނިމާދޫ އެއާޕޯޓު އަޕްގްރޭޑް ކުރުމަށްފަހު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސްގެ ދެކަނބަލުން. މި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ހާއްސަ މަންދޫބެއްވެސް ބައިވެރިވެ ވަޑައިގަންނަވާ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށްފަހު، ކުލަގަދަ ހަފްލާއަކާއެކު މިރޭ ހުޅުވުމަށް ނިންމައިފި އެވެ.

ހަނިމާދޫ އެއާޕޯޓުގައި ބާއްވާ މި ހަފްލާ ޝަރަފްވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ.

މި ހަފްލާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު، އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ އާއި ސަރުކާރުގެ ވެރިންނާއި އެމްއޭސީއެލްގެ ވެރިން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ ބަލަސުބްރަމާނިއަން ވެސް މި ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.

Advertisement

Advertisement 1

މިރޭގެ ހަފްލާގައި ސަގާފީ ހުށަހެޅުންތައް ހުށަހެޅުމަށް ހަމަޖެހިފައިވާއިރު ހަވާ އެރުވުމަށްވެސް ހަމަޖެހިފައިވެ އެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރެވި އަލުން އޮޕަރޭޓުކުރަން ފަށާފައިވާއިރު އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާނެ އެވެ. ހަނިމާދޫ އެއާޕޯޓަކީ އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭ ފެންވަރުގެ އެއާޕޯޓެކެވެ.

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީއަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. މިއީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫއެއްކަން ފާހަގަކޮށްލަންޖެހެ އެވެ.

ހަނިމާދޫހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހަނިމާދޫ އެއާޕޯޓް ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ހަދަންޖެހޭ: ނަޝީދު

"ހަނިމާދޫ އެއާޕޯޓް ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ހަދަންޖެހޭ"

245 ދުވަސް ކުރިން - 20:20

އެއްވެސް އެއާޕޯޓެއް ހިންގަން ބޭރު ބަޔަކަށް ނުދޭނެ: އަމީން

އެއްވެސް އެއާޕޯޓެއް ހިންގަން ބޭރު ބަޔަކަށް ނުދޭނެ:

245 ދުވަސް ކުރިން - 17:54

ހަނިމާދޫ އެއާޕޯޓަކީ ބޮޑު ތިލަދުންމަތީ ހުރިހާ ރައްޔިތުންގެ ތަރައްގީގެ ދޮރޯށި: ރައީސް

ހަނިމާދޫ އެއާޕޯޓަކީ ބޮޑުތިލަދުންމަތީ ރައްޔިތުންގެ ތަރައްގީގެ ދޮރޯށި!

299 ދުވަސް ކުރިން - 00:27

ރައީސް މުޢިއްޒު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ނިންމައި ހުޅުވައިފި

ރައީސް މުޢިއްޒު ހަނިމާދޫ އެއާޕޯޓު ނިންމައި ހުޅުވައިފި

299 ދުވަސް ކުރިން - 21:31

ހަނިމާދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކުރަން ނިންމައިފި

ހަނިމާދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކުރަނީ

325 ދުވަސް ކުރިން - 23:02

ރައީސް ވިދާޅުވިގޮތަށް ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލް އަންނަ މަހު ހުޅުވަނީ

ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލް ނޮވެމްބަރުގައި ހުޅުވަނީ

331 ދުވަސް ކުރިން - 16:15