Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހަނިމާދޫ އެއާޕޯޓަކީ ބޮޑު ތިލަދުންމަތީ ހުރިހާ ރައްޔިތުންގެ ތަރައްގީގެ ދޮރޯށި: ރައީސް

ހަނިމާދޫ އެއާޕޯޓަކީ ބޮޑު ތިލަދުންމަތީ ހުރިހާ ރައްޔިތުންގެ ތަރައްގީގެ ދޮރޯށި: ރައީސް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
206 ދުވަސް ކުރިން - 10 ނޮވެންބަރު 2025 00:27
ރައީސް މުއިއްޒު. ހަނިމާދޫ އެއާޕޯޓާއެކު ރާއްޖޭގެ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރުމަށް މަގުފަހިގެންދާނެކަމަށް ރައީސް ވިދާޅުވި--- ރައީސް އޮފީސް
ރައީސް މުއިއްޒު. ހަނިމާދޫ އެއާޕޯޓާއެކު ރާއްޖޭގެ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރުމަށް މަގުފަހިގެންދާނެކަމަށް ރައީސް ވިދާޅުވި--- ރައީސް އޮފީސް
ޚުލާސާ

މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު ޝްރީ ކިންޖަރަޕު ރާމްމޯހަން ނައިޑޫ ބައިވެރިވެވަޑައިގެންފައިވޭ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ބޮޑު ތިލަދުންމަތީ ހުރިހާ ރައްޔިތުންގެ ތަރައްގީގެ ދޮރޯށި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މި މޭރުމުން ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، ހަނިމާދޫ އެއާޕޯޓާއެކު، މި ލިބުނީ ރަނުގެ ފުރުސަތެއް ކަމަށާއި މިއީ ދިވެހި ވިޔަފާރިތައް ރާއްޖޭގެ އެންމެ އުތުރަށް ފުޅާކުރަންވީ ވަގުތު ކަމަށް ވިދާޅުވި އެވެ.

"މިއަދު މި ހާސިލުވެގެން ދަނީ ރާއްޖޭގެ ތަރައްގީގައި ހާއްސަކޮށް ރާއްޖޭގެ އެންމެ އުތުރުގެ ދެމެހެއްޓެނިވި ތަރައްގީގެ އެންމެ ބޮޑު އެއް ކާމިޔާބީ،" --- ރައީސް ވިދާޅުވި އެވެ.

މި މަޝްރޫއަކީ ތަސައްވުރާއި، ބަދަލާއި، މިންނެތް މަސައްކަތުން ހާސިލުވާނެ ކާމިޔާބު ރަމްޒުކޮށްދޭ މަޝްރޫއެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ހަނިމާދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް 2022 ވަނަ އަހަރުގެ ފަހުކޮޅުގައި ފެށި ނަމަވެސް، މަސައްކަތުގެ ދުވެލި މަޑުޖެހި، ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިފައި ވަނިކޮށް، ރިޔާސީ އިންތިހާބުގައި ވައުދުވެ ވަޑައިގަތް ގޮތަށް މަސައްކަތުގެ ދުވެލި ބާރު ކުރައްވައި، ކާމިޔާބު ކަމާއެކު އެ ވައުދުފުޅު ފުއްދަވައި ދެވިއްޖެ ކަމަށް ވިދާޅުވި އެވެ.

Advertisement

Advertisement 1

ހަނިމާދޫ އެއާޕޯޓް ރަސްމީކޮށް ހުޅުވުމާއެކު އެކި ދާއިރާތަކުން ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ހދ. ނާގޯށީގައި ތަރައްގީ ކުރެވޭ ރިސޯޓާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން އުތުރުގެ ސަރަހައްދަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓާއެކު ރާއްޖޭގެ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރުމަށް މަގުފަހިގެންދާނެކަމަށް ރައީސް ވަނީ އިތުރަށް ވިދާޅުވެފަ އެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓްރައީސް ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރައީސް މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ މާލީ ހާލަތަށް އައި ބަދަލު

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރާއްޖޭގެ މާލީ ހާލަތަށް އައިބަދަލު

2 ގަޑިއިރު ކުރިން - 07:30

ސަރުކާރުން މިއަހަރު ދެއްކި ދަރަންޏާއެކު އަންނަ އަހަރުގެ ބުރަ ކުޑަވާނެކަމަށް ފިޗުން ބުނެފި

މިއަހަރު ދެއްކި ދަރަންޏާއެކު އަންނަ އަހަރުގެ ބުރަ ކުޑަވާނެކަމަށް ފިޗުން ބުނެފި

13 ގަޑިއިރު ކުރިން - 20:42

ދަރަނި މެނޭޖުކުރަން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

13 ގަޑިއިރު ކުރިން - 20:30

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް ފުރައިފި

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް

18 ގަޑިއިރު ކުރިން - 15:33

ރައީސް މުއިއްޒު އަނެއްކާވެސް ކުރިއަށް ގޯލެއް: ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ސަޕްލިމެންޓްރީ ބަޖެޓަކާ ނުލައި ނިންމާލި ފުރަތަމަ އަހަރަށް 2025 ވެއްޖެ

ވޭތުވެދިޔަ އަހަރުތަކުގައި ސަޕްލިމެންޓްރީ ބަޖެޓަކާ ނުލައި ނިންމާލެވުނު އަހަރަކީ މިދިޔަ އަހަރު

1 ދުވަސް ކުރިން - 11:11

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

2 ދުވަސް ކުރިން - 13:39