Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސް ވިދާޅުވިގޮތަށް ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލް އަންނަ މަހު ހުޅުވަނީ

ރައީސް ވިދާޅުވިގޮތަށް ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލް އަންނަ މަހު ހުޅުވަނީ

މުހައްމަދު ޖަމްޝަތު
285 ދުވަސް ކުރިން - 9 އޮކްޓޫބަރު 2025 16:15
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް. އަންމަ މަހު 9 އެއްގައި ހުޅުވުމަށް އަންނަނީ ތައްޔާރުވަމުން--- ފޮޓޯ:ޚުލާސާ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް. އަންމަ މަހު 9 އެއްގައި ހުޅުވުމަށް އަންނަނީ ތައްޔާރުވަމުން--- ފޮޓޯ:ޚުލާސާ
ޚުލާސާ

ހަނިމާދޫ އެއާޕޯޓަކީ ރާއްޖޭގައި މިހާރު ހުރި އެއަޕޯޓުތަކުގެ ތެރެއިން އެންމެ ހިތްގައިމު އެއް އެއާޕޯޓަށް ވެގެންދާނެ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ މަހުގެ 9 އެއްގައި ރަސްމީކޮށް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

"ޚުލާސާ" އާ ވާހަކަ ދައްކަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ މިހާރު ވަމުންދަނީ އެ ޓާމިނަލް ހުޅުވުމަށްވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކަމަށާއި ހަނިމާދޫ އެއާޕޯޓުގައި މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލުގެ ހިދުމަތްތައް އާ ޓާމިނަލަށް ބަދަލުކުރުމުގެ މަސައްކަތް މި މަސްތެރޭގައި ފަށާނެ ކަމަށެވެ. އަދި އެ އެއާޕޯޓުގެ އާ ރަންވޭ ފުރިހަމައަށް ބޭނުން ކުރުމަށްޓަކައި، މިހާރު ބޭނުންކުރާ ޓާމިނަލް ތަޅާލުމުގެ ތަޅާލުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ސްޓޭކްހޯލްޑަރުންނާއި ހިއްސާކުރުމަށް އެމްއޭސީއެލްއިން މިދިޔަ އާދިއްތަ ދުވަހު ފުރަތަމަ ބައްދަލުވުން ވެސް ވަނީ ބާއްވައިފަ އެވެ. ޝަރީފް ވިދާޅުވިގޮތުގައި އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ނިންމާފަ އެވެ.

Advertisement

Advertisement 1

ހަނިމާދޫ އެއާޕޯޓު މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްގެންގޮސް، ލަސްވެގެން ނޮވެމްބަރު މަހު، އެ އެއާޕޯޓު ފުރިހަމައަށް ބޭނުންކުރެވޭގޮތަށް ނިންމައި ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ކުރިންވެސް ވިދާޅުވެފަ އެވެ.

އިންޑިއާގެ ލޯނު އެހީގައި އެގައުމުގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑާ ހަވާލުކޮށްގެން ތަރައްގީކުރާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއަކީ މިވަގުތު ރާއްޖޭގައި އެއާޕޯޓު ތަރައްގީކުރުމަށް ކުރިއަށްދާ އެންމެ ބިޔަ އެއް މަޝްރޫއެވެ.

ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެއެވެ. މި މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި ޓާމިނަލަކާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މި މަޝްރޫޢު ނިމުމުން، ހަނިމާދޫ އެއަރޕޯޓުން އޭ320 އަދި ބޮއިންގް 737ގެ މަރުކާގެ ފްލައިޓްތަކަށް ހިދުމަތް ދެވޭނެއެވެ. އަދި މި މަޝްރޫއު ވެގެންދާނީ މުޅި އުތުރުގެ އިގުތިސާދަށް ބޮޑު ކުރިއެރުމެއް ގެނުވާނެ މަޝްރޫއަކަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓްއެމްއޭސީއެލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗައިނާގެ އެއަރ ކާގޯ މައުރަޒުގައި ވެލާނާ އެއަރޕޯޓުގެ ކާގޯ ހިދުމަތްތައް އެމް.އޭ.ސީ.އެލް އިން ދައްކާލައިފި

ވެލާނާ އެއަރޕޯޓުގެ ކާގޯ ޚިދުމަތްތައް ޗައިނާގެ އެއަރ ކާގޯ މައުރަޒުގައި ދައްކާލައިފި

16 ގަޑިއިރު ކުރިން - 18:05

ސްޓާފުންނަށް އިންޒާރުދިން ކަމަށް ދެކެވޭ ވާހަކަތައް އެމްއޭސީއެލްއިން ދޮގުކޮށްފި

ސްޓާފުންނަށް އިންޒާރުދިން ކަމަށް ދެކެވޭ ވާހަކަތައް އެމްއޭސީއެލްއިން ދޮގުކޮށްފި

16 ދުވަސް ކުރިން - 14:19

އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

23 ދުވަސް ކުރިން - 14:05

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް "ހާބަރ ޕޯޓަލް" ތައާރަފުކޮށްފި

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް "ހާބަރ ޕޯޓަލް" ތައާރަފުކޮށްފި

25 ދުވަސް ކުރިން - 19:47

އެމްއޭސީއެލްގެ ބޯޑަށް ނާޞިފް އަދި އޭއައިއޭގެ ބޯޑަށް ޝެރީނާ

އެމްއޭސީއެލްގެ ބޯޑަށް ނާޞިފް އަދި އޭއައިއޭގެ ބޯޑަށް ޝެރީނާ

27 ދުވަސް ކުރިން - 23:43

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފި

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް

31 ދުވަސް ކުރިން - 19:53