ނިއުޔޯކުން އިސްރާއީލާއި ގުޅުން ހުރި ކުންފުނިތަކާއި އެކު ހަދާފައިވާ ހުރިހާ އެއްބަސްވުމެއް އުވާލައި ޔަހޫދީ ދައުލަތަށް ފައިނޭންސްކުރާ ބޭންކު ތަކުގައިވާ ފައިސާތައް ވެސް ނެގުމަށް ނިންމާފައިވާ ކަމުގެ ލިޔުންތަކެއް ލީކުވެއްޖެއެވެ.
ޚަބަރު ލިބޭ ގޮތުގައި އެމެރިކަން ޖެވިޝް ކޮމިޓީ (އޭޖޭސީ) އާއި ޖެވިޝް ކޮމިއުނިޓީ ރިލޭޝަންސް ކައުންސިލް (ޖޭސީއާރުސީ) ފަދަ ޔަހޫދީ ޖަމާޢަތްތަކުން މަމްދާނީގެ މޭޔަރު ކަމުގައި އިޤްތިޞާދީ ގޮތުން ނިއުޔޯކްސިޓީ އަށް ދަތިކޮށްލާނެ ކަމަށް އިންޒާރު ދީފައި ވެއެވެ.
ނިއުޔޯކް ސިޓީގެ މޭޔަރުގެ ޙައިޞިއްޔަތުން މަމްދާނީ އަށް ލިބޭ ބާރުތަކުގެ ތެރޭގައި ގާތްގަނޑަކަށް 100 ބިލިއަން ޑޮލަރުގެ ބަޖެޓެއް މެނޭޖް ކުރަން ލިބޭނެއެވެ. އަދި ނިއުޔޯކް ޕޮލިސް ޑިޕާޓްމަންޓް (އެންވައިޕީޑީ) އާއި ޕަބްލިކް ސްކޫލްތަކުގެ އިތުރުން ސިޓީގެ ތެރޭގެ ދަތުރުފަތުރާއި ޕަބްލިކް ހައުސިންގ ކޮންޓްރޯލް ކުރުމުގެ ބާރުވެސް ލިބޭނެއެވެ.
މީގެ އިތުރުން ސިޓީގެ ކޮންޓްރެކްޓްތަކާއި ވިޔަފާރީގެ އެހެނިހެން ޤަވާޢިދުތަކަށް މަމްދާނީ އަށް ނުފޫޒު ފޯރުވޭނެއެވެ.






