Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފުޓްބޯޅައިން އިސްރާއީލް ސަސްޕެންޑްކުރަން އަޔަލެންޑުން ވޯޓުލައިފި

ފުޓްބޯޅައިން އިސްރާއީލް ސަސްޕެންޑްކުރަން އަޔަލެންޑުން ވޯޓުލައިފި

ޢަބްދުﷲ ޖުނައިދު
254 ދުވަސް ކުރިން - 9 ނޮވެންބަރު 2025 10:33
ފުޓްބޯޅައިން އިސްރާއީލް ސަސްޕެންޑްކުރަން އަޔަލެންޑުން ވޯޓުލައިފި
ފުޓްބޯޅައިން އިސްރާއީލް ސަސްޕެންޑްކުރަން އަޔަލެންޑުން ވޯޓުލައިފި
ޚުލާސާ

ފުޓްބޯޅައިން އިސްރާއީލް ސަސްޕެންޑް ކުރަން ޔޫއެފާ އަށް ބާރު އަޅަން އަޔަލޭންޑްގެ އެފްއޭއިން ނިންމުމާއި އެކު މި “ހަނގުރާމައިގައި”ބައިވެރިވާ ޤައުމުތައް 15 އަށް އަރައިފި.

ޔޫރަޕްގެ ފުޓްބޯޅަ މުބާރާތްތަކުން އިސްރާއީލުގެ ޤައުމީ ފުޓްބޯޅަ ޓީމާއި އިސްރާއީލުގެ ހުރިހާ ކުލަބުތައް ވަގުތުން ސަސްޕެންޑް ކުރުމަށް ޔޫނިއަން އޮފް ޔޫރަޕިއަން ފުޓްބޯޅަ އެސޯސިއޭޝަންސް (ޔޫއެފާ) އަށް ޑިމާންޑް ކުރުމަށް އަޔަލޭންޑުގެ ކުޅިވަރުގެ އިދާރާއިން ވޯޓުނަގައިފިއެވެ. މި ވޯޓުގައި 73 މެންބަރުން އިސްރާއީލް އެކަހެރިކުރަން ނިންމިއިރު 7 މެންބަރުން އެކަމަށް ދެކޮޅުހެދިއެވެ. ވޯޓުގައި ދެފަރާތަކުން ބައިވެރިއެއް ނުވެއެވެ.

މީގެ ކުރިން ތުރުކިޔޭގެ ފުޓްބޯޅަ ފެޑެރޭޝަނާއި ނޯވޭ އަދި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަންތަކުން ވަނީ، ޣައްޒާގެ ހަނގުރާމައިގައި އިސްރާއީލުން ޖަރީމާތައް ހިންގާތީވެ ބައިނަލްއަޤްވާމީ ފުޓްބޯޅައިން އިސްރާއީލް އެކަހެރި ކުރުމަށް ގޮވާލާފައެވެ.

ޔުކްރޭނު ހަނގުރާމައިގައި ރަޝިޔާއިން ޤަތުލުޢާންމެއް މިހާތަނަކަށް ހިންގާފައެއް ނެތެވެ. ނަމަވެސް ރަޝިޔާ ވަނީ ބައިނަލްއަޤްވާމީ ހުރިހާ ކުޅިވަރަކުން ސަސްޕެންޑް ކޮށްލައި ކުޅިވަރުގެ މައިދާނުންވެސް އެކަހެރިކޮށްލާފައެވެ. އެއާއި ޚިލާފަށް ޔޫއެފާގެ މުބާރާތްތަކުން ވެސް އަދި ފެޑެރޭޝަން އިންޓަނޭޝަނަލް ޑި ފުޓްބޯޅަ އެސޯސިއޭޝަން (ފީފާ) އިން އިންތިޒާމްކުރާ އެއްވެސް މިބާރާތަކުން މިހާތަނަށް އިސްރާއީލް މަނާކޮށްފައި ނުވެއެވެ.

Advertisement

Advertisement 1

ފްރާންސްގެ ދުވަހު ނޫސް ލެ މޮންޑޭ އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ޒައެނިސްޓުންގެ ޤައުމު ސަސްޕެންޑް ކުރުމަށް ގޮވާލާ ޤައުމުތައް އިތުރުވި ނަމަވެސް ޔޫއެފާ އިން ވެސް އަދި ފީފާ އިން ވެސް ރަސްމީކޮށް އިސްރާއީލު ބާކީކޮށްލާކަށް ނޫޅެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ މެދުއިރުމައްޗާއި ޢަރަބި ފުޓްބޯޅަ ޖަމްޢިއްޔާތަކުގެ 12 ޤައުމެއް ވެސް ވަނީ ކުޅިވަރުން އިސްރާއީލް ބާކީ ކުރުމަށް ގޮވަމުންދާ މި “ހަނގުރާމައިގައި” ރަސްމީކޮށް “ހަތިޔާރުތައް”ނަގާފައެވެ. ޢަރަބި 12 ޤައުމުން ވަނީ ރަސްމީކޮށް އެކަން ފީފާ އަށް ވެސް އަންގާފައެވެ. އެއީ:

  1. ފަލަސްޠީން
  2. ސަޢޫދީ ޢަރަބިއްޔާ (އަލް މަމްލަކަތުލް ޢަރަބިއްޔަތުލް ސަޢޫދިއްޔާ)
  3. ޤަޠަރު
  4. ޔުނައިޓެޑް ޢަރަބް އެމިރޭޓްސް
  5. ޖޯޑަން
  6. ކުވެއިތު
  7. އޮމާން
  8. ބަޚްރައިން
  9. ޣިރާޤް
  10. ލުބުނާން
  11. ސީރިއާ
  12. ޔަމަން

މީގެ އިތުރުން ތުރްކިޔޭ އިން ވަނީ އިސްރާއީލު ބާކީ ކުރުމަށް ފީފާގަ އާއި ޔޫއެފާގައި އެދިފައެވެ. އަދި އަޔަލޭންޑުން ވެސް ޔޫއެފާގައި އިސްރާއީލު މަނާކުރުމަށް ހުށަހެޅުމަށް އިއްޔެ ނިިންމިއިރު، ސްޕެއިން ސަރުކާރުން ވަނީ ފީފާ އާއި ޔޫއެފާއަށް އިސްރާއީލް ބާކީ ކުރުމަށް ގޮވާލާފައެވެ. ސްޕެއިނުން އަދި ރަސްމީކޮށް ހުށައެއްނާޅައެވެ.

ކޮންމެޔަކަސް، ފުޓުބޯޅައިން އިސްރާއީލް ބާކީ ކުރުމަށް ގޮވާލާ “ހަތިޔަރު ނެގި” ޤައުމުތަކުގެ ޢަދަދު 15 އަށް އެރީއެވެ.

ފީފާއިސްރާއީލްއަޔަލެންޑް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔަހޫދީ ސިފައިން ބުލްޑޯޒަރު ތަކުގައި ފަލަސްތީނުގެ ގެތައް ތަޅަނީ

ޔަހޫދީ ސިފައިން ފަލަސްތީނުގެ ގެތައް ތަޅަނީ

3 ގަޑިއިރު ކުރިން - 13:45

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

2 ދުވަސް ކުރިން - 13:36

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

2 ދުވަސް ކުރިން - 13:12

މިފަހަރުގެ ވޯލްޑް ކަޕުގައި އޭރިއާ ބޭރުން ޖަހާ ގޯލްތައް ދެގުނަ އިތުރު

މިފަހަރުގެ ވޯލްޑް ކަޕުގައި އޭރިއާ ބޭރުން ޖަހާ ގޯލްތައް ދެގުނަ އިތުރު

2 ދުވަސް ކުރިން - 12:58

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

8 ދުވަސް ކުރިން - 14:51

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

10 ދުވަސް ކުރިން - 11:26