Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެއާކޯރ އިން އަތުލައިގަތް ބޯޓުގައި 300 ކިލޯގެ މަސްތުވާތަކެތި

އެއާކޯރ އިން އަތުލައިގަތް ބޯޓުގައި 300 ކިލޯގެ މަސްތުވާތަކެތި

އައިޝަތު ރުވާ ރިފްޢަތު
259 ދުވަސް ކުރިން - 8 ނޮވެންބަރު 2025 23:01
އެއާކޯރ އިން އަތުލައިގަތް ބޯޓުގައި 300ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް ފުލުހުން ބުނޭ.
އެއާކޯރ އިން އަތުލައިގަތް ބޯޓުގައި 300ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް ފުލުހުން ބުނޭ.
ޚުލާސާ

ދިވެހި އަސްކަރިއްޔާގެ އެއާކޯޕްސް އިން 300 ކިލޯގެ މަސްތުވާ ތަކެއްޗާއެކު ބޭރުގެ ބޯޓެއް އަތުކައިގަތްއިރު، އެއާ ކޯރ ގެ ޑްރޯންތަކަށް 24 ގަޑިއިރު ޚިދުމަތްކުރުމުގެ ޤާބިލްކަން ލިބިފައިވޭ.

ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް، ދިވެހި އަސްކަރިއްޔާގެ އެއާ ކޯރ އިން ޑްރޯންގެ އެހީގައި އަތުލައިގަތް ބޯޓުގައި 300 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖޭގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރ އުފެއްދެވީ، 15 މާރިޗު 2024 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ. އެއާ އެކު ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ވަނީ ފަށާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ލަންކާގެ ހަ މީހުންނާއެކު އެ ބޯޓު ދިވެހި އެއާ ކޯޕްސް އިން ހުއްޓުވީ ލަންކާގެ ކަނޑުގެ ސިފައިން ހިއްސާކުރި ޖާސޫސީ މައުލޫމާތަކާ ގުޅިގެންނެވެ.

Advertisement

Advertisement 1

ލަންކާގެ މަސްދަރުތަކުން ބުނި ގޮތުގައި ލަންކާގެ މަސްވެރި އުޅަނދު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ޓްރެކްކޮށް ހުއްޓުވާފައިވާއިރު އެއީ އިންޑިއާ ކަނޑު ޓްރާންސިޓް ރޫޓެއްގެ ގޮތުގައި ބޭނުންކޮށްގެން ޑްރަގް ޓްރެފިކިން ނެޓްވޯކެއްގެ ތެރެއިން މަސައްކަތްކުރާ ބަޔަކާއި ގުޅުން އޮތް އުޅަނދެކެވެ.

ލަންކާ މަސްދަރުތަކުން ބުނީ އިންޑިއާގެ ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ކަނޑުގެ ސިފައިން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ކޯޑިނޭޓް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ އެއަރކޯ އަކީ 24 ގަޑިއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ޤާބިލުކަން ދިފާޢީ ބާރަށް ވަނީ ލިބިފައެވެ. ދިވެހި ސިފައިންގެ ޚިދުމަތަށް މުޅިން އަލަށް ތަޢާރަފުކުރި އާންމޭންޑް އޭރިއަލް ވެހިކަލް، ޔޫއޭވީތަކަކީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރު ދުއްވުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ. އަދި ރޭގަނޑު އަނދިރީގައިވެސް ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމުގެ ޤާބިލުކަން މި އުޅަނދަށް ލިބިފައިވެއެވެ.

އެމްއެންޑީއެފް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިފައިންގެ ދެބެޗެއްގެ އަސާސީ ތަމްރީން ކޯސް ނިންމި 255 ދަރިވަރުން ހުވާކޮށްފި

ސިފައިންގެ ދެބެޗެއްގެ އަސާސީ ތަމްރީން ކޯސް ނިންމި 255 ދަރިވަރުން ހުވާކޮށްފި

9 ދުވަސް ކުރިން - 20:18

ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްފި

ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްފި

35 ދުވަސް ކުރިން - 20:14

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ކޯސް މިއަދު ފަށައިފި

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ކޯސް ފަށައިފި

36 ދުވަސް ކުރިން - 15:11

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

47 ދުވަސް ކުރިން - 17:31

އެމްއެންޑީއެފްގެ އާ އުޅަނދު އިމާދުއްދީން ރާއްޖެ އަށް އައުމަށް މިސްރާބު ޖަހައިފި

އެމްއެންޑީއެފްގެ އާ އުޅަނދު އިމާދުއްދީން ރާއްޖެ އަށް އައުމަށް މިސްރާބު ޖަހައިފި

50 ދުވަސް ކުރިން - 18:46

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް ފުރައިފި

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް

52 ދުވަސް ކުރިން - 15:33