ގއ. ވިލިނގިލީގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނި ގޮތުގައި، ވިލިނގިލީގައި ރަށުތެރެ ޕެޓްރޯލްކުރަމުންގެންދިޔަ ފުލުހުންނަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ 01:25 ހާއިރު އެ ރަށު ސަމުގާ މަގުގައި ސައިކަލަކާއެކު ވެއްޓިފައި އޮތް މީހަކު ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
އެ މީހާ ވެއްޓިފައިވަނީ ގެއެެއްގެ ފާރުގައި ޖެހި އެކްސިޑެންޓުވެގެން ކަމަށާއި އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި އެކްސިޑެންޓުގައި މަރުވީ ގއ. ވިލިނގިލި، ސޯސަން ވިލާ، ވިކާޝް އަހުމަދު (26އ) އެވެ. އޭނާގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާގައި ވަނީ ކޮށްފަ އެވެ.
ފުލުހުން އަންނަނީ އެ އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.









