Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރައްޔިތުންގެ ފިކުރު އަންނަ ހުކުރު ދުވަހު ސާފުވެގެންދާނެ: އަބްދުއްރަހީމް

ރައްޔިތުންގެ ފިކުރު އަންނަ ހުކުރު ދުވަހު ސާފުވެގެންދާނެ: އަބްދުއްރަހީމް

އައިޝަތު ރުވާ ރިފްޢަތު
249 ދުވަސް ކުރިން - 8 ނޮވެންބަރު 2025 17:28
ޕީއެންސީގެ ހަރުގޭގައި ބޭއްވި ބައްދަލުވުމަކަށްފަހު ނޫސްވެރިންނާއި ބައްދަލުކުރުމުގެ ތެރެއިން
ޕީއެންސީގެ ހަރުގޭގައި ބޭއްވި ބައްދަލުވުމަކަށްފަހު ނޫސްވެރިންނާއި ބައްދަލުކުރުމުގެ ތެރެއިން
ޚުލާސާ

ރައްޔިތުން ޖަލްސާއަށް އަންނަނީ، ކަން ހިނގާ މަގު އެނގޭތީ، އަދި މިވެރިކަން ދާ މިސްރާބު ރަނގަޅުކަމަށް ޤަބޫލުކުރެވޭތީކަމަށް ޢަބްދުއްރަހީމް ވިދާޅުވި،

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު ޖަލްސާއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ އެކު ދިވެހި ރައްޔިތުން ދެމިތިބިކަން ސާބިތުކޮށްދިނުމުގެ މައިގަނޑު މަޤްސަދާއެކު ބާއްވާ ޖަލްސާއެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކޮންގުރެސް ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އަންނަ ހުކުރު ދުވަހު (ޖޫން 14) ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން މާލެ ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ ހާއްސަ ހަރަކާތްތައް ފެށުމުގެ ގޮތުން މިއަދު ޕީއެންސީގެ ހަރުގޭގައި ބޭއްވި ބައްދަލުވުމަކަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.

ޢަބްދުއްރަހީމް ވިދާޅުވީ، ޖަލްސާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އަންނަނީ ސަރުކާރުން މިހާތަނަށް ކޮށްދީފައިވާ ޚިދުމަތްތައް ބަލައިގަންނަ މިންވަރު ދައްކާލުމަށް ކަމަށެވެ. ޢަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ރައްޔިތުން އެ އަންނަނީ، ކަން ހިނގާ މަގު އެނގޭތީ، އަދި މިވެރިކަން ދާ މިސްރާބު ރަނގަޅުކަމަށް ޤަބޫލުކުރެވޭތީ، އާ ރޫހަކާއެކު އާ ދިރުމަކާއެކު އާ މުސްތަޤުބަލަކަށް އުންމީދުކޮށްގެން ކަމަށެވެ. ޕީއެންސީ ސަރުކާރެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ބޭނުންވާ ތަރައްގީގެ މަންޒިލަށް ވާސިލުވެވޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އެބައޮތް ކަމަށްވެސް ޢަބްދުއްރަހީމް ވިދާޅުވި އެވެ.

މި ޖަލްސާގައި ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުޢިއްޒު ދެއްވާ ހިތާބުގައި، ރައްޔިތުންގެ އުންމީދުތައް އައުވެގެންދާނެ ފަދަ މުހިންމު އިޢުލާންތަކެއް ކުރައްވާނެ ކަމަށްވެސް ޢަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ރައީސް މުޢިއްޒު ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވައި، ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ފަށްޓަވާފައިވާކަން ޢަބްދުއްރަހީމް ވަނީ ފާހަގަކުރައްވާފަ އެވެ. މީގެ އިތުރުން، ފާއިތުވި ބުރާސްފަތި ދުވަހަކީ އެއްފަހަރާ އެންމެ ގިނަ މަޝްރޫޢުތައް ދިވެހި ކުންފުނިތަކާ ޙަވާލުކުރެވުނު ދުވަސްކަންވެސް ޢަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

ޖޫން 14 ވަނަ ދުވަހުގެ މި ބޮޑު އެއްވުމަކީ ވާދަވެރި ސިޔާސީ ފިކުރުތަކަށް ރައްޔިތުން ދޭ ރައްދަކަށް ވާނެ ކަމަށާއި، އެ ޖަލްސާއިން ރާއްޖޭގެ ހަގީގީ ސިފަ އާއި ރައްޔިތުންގެ ޝުއޫރުތައް ސާފުކޮށް ފެނިގެންދާނެ ކަމަށް ޢަބްދުއްރަހީމް ވިދާޅުވި އެވެ،

ޕީއެންސީމަޖިލިސް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަމާން ކަމާއި އޮމާން ކަމާއެކު ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިންމާލާ ކުދި ޕާޓީތަކަށް ނަމޫނާ ދައްކާލައިފި

އަމާން ކަމާއި އޮމާން ކަމާއެކު ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިންމާލައިފި

3 ދުވަސް ކުރިން - 18:55

ޕީއެންސީގެ ބޮޑު އިންތިހާބުން އެހެން ޕާޓީތަކުން ނަމޫނާ ލިބިގަންނަންޖެހޭ: ޢަބްދުއްރަޙީމް

ޕީއެންސީގެ ބޮޑު އިންތިހާބުން އެހެން ޕާޓީތަކުން ނަމޫނާ ލިބިގަންނަންޖެހޭ: ޢަބްދުއްރަޙީމް

4 ދުވަސް ކުރިން - 15:25

ޕީއެންސީގެ ދާއިރާތަކުގެ ބޮޑު އިންތިޚާބު: 4 ޖަހާއިރު ކިއު ބަންދުވާނެ

ޕީއެންސީގެ ދާއިރާތަކުގެ ބޮޑު އިންތިޚާބު: 4 ޖަހާއިރު ބަންދުވާނެ

4 ދުވަސް ކުރިން - 15:17

ޕީއެންސީގެ އެތެރޭގެ އިންތިހާބު މާދަމާ: ވޯޓުލުން ފަށާނީ ހެނދުނު 09:00 ގައި

ޕީއެންސީގެ އެތެރޭގެ އިންތިހާބު މާދަމާ: ވޯޓުލުން ފަށާނީ ހެނދުނު 09:00 ގައި

4 ދުވަސް ކުރިން - 23:00

ޕީއެންސީގެ އެތެރޭގެ އިންތިޚާބު ހޮނިހިރު ދުވަހު: 2،500 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ

ޕީއެންސީގެ އެތެރޭގެ އިންތިޚާބު ހޮނިހިރު ދުވަހު: 2،500 އަށްވުރެ ގިނަ ކެންޑިޑޭޓުން

10 ދުވަސް ކުރިން - 21:23

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

30 ދުވަސް ކުރިން - 00:49