ނަތަންޔާހޫ އާއި އިތުރު 36 މީހުން ހައްޔަރުކުރަން ތުރުކިޔޭން އަމުރު ނެރެފި

ޢަބްދުﷲ ޖުނައިދު | 23 ދުވަސް ކުރިން - 7 ނޮވެންބަރު 2025 01:23
ކުއްލި ޚަބަރު: ނަތަންޔާހޫ ހައްޔަރުކުރަން ތުރުކިޔޭން އަމުރެއް ނެރެފި
ކުއްލި ޚަބަރު: ނަތަންޔާހޫ ހައްޔަރުކުރަން ތުރުކިޔޭން އަމުރެއް ނެރެފި
ޚުލާސާ

ޔަހޫދީ ބޮށުވަޒީރު ނަތަންޔާހޫ އާއި ޒައެނިސްޓް އިތުރު 36 މީހުން ހައްޔަރުކުރަން ތުރުކިޔޭން އަމުރު ނެރެފި.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ‘އިސްރާއީލުގެ’ އިތުރު 36 އޮފިޝަލުން ހައްޔަރު ކުރުމަށް ތުރުކިޔޭގެ ކޯޓުން އަމުރެއް ނެރެފިއެވެ.

ތުރްކިޔޭން ނެރުނު އަމުރުގައި ޑިފެންސް މިނިސްޓަރު ކަޓްޒް އާއި ޤައުމީ ސަލާމަތާ ބެހޭ މިނިސްޓަރު ބެން ގްވިރް ވެސް ހިމެނެއެވެ.

މިއީ ފަލަސްޠީނުގައި ހިންގާފައިވާ ޤަތުލުޢާންމުތަކާއި ގުޅިގެން ތުރްކިޔޭގެ ސަރުކާރުން އިސްރާއީލާއި ހުރިހާ ގުޅުމެއް މުޅީން ކަނޑާލާފައި ވަނިކޮށް ނެރުނު އަމުރެކެވެ.

ޣައްޒާގައި އިސްރާއީލުން ހިންގި ނަސްލު ނައްތާލުމާއި އިންސާނިއްޔަތާއި ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކުގެ ތަޙްޤީޤެއް އިސްތަންބޫލްގެ ޗީފް ޕަބްލިކް ޕްރޮސެކިއުޓާ އޮފީހުން ފަށާފައިވާއިރު، އިންޓަނެޓްގެ އެކި ޕްލެޓްފޯމުތަކުގައިވާ ޣައްޒާ ހަނގުރާމައިގައި ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ ހެކިތައް އިސްރާއީލާއި އެމެރިކާ ގުޅިގެން ދަނީ ފޮރުވަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%