
މެކްސިކޯގައި ހުންނަ އިސްރާއީލް ސަފީރު އޭނާތު ކްރާންޒް ނައިގާ
މެކްސިކޯ އަށް އިސްރާއީލުން ކަނޑައަޅާފައިވާ ސަފީރު އޭނާތު ކްރާންޒް ނައިގާ މަރާލަން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ރޭވުންތައް ރާވައިފި ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ބުނެފިއެވެ.
އެމެރިކާ އިން ބުނީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ މި ޕްލޭން މެކްސިކޯގެ ސަލާމަތީ ބާރުތަކުން މިހާރު ނާކާމިޔާބު ކޮށްލާފައިވާ ކަމަށާއި އެކަމުގައި އެމެރިކާއިން އެހީތެރިވެދީފައިވާ ކަމަށެވެ.
އެމެރިކާ އިން ބުނީ އީރާނުން މި “މިޝަން” ޙަވާލުކޮށްފައި ވަނީ މެކްސިކޯގެ “ކާޓެލް” އަކަށް ކަމަށާއި، އައިއާރުޖީސީން ބޮޑެތި ޢަދަދުތަކުން ފައިސާ ފޮނުވައި، މެކްސިކޯގެ “ކޮންޓްރެކްޓް ކިލަރުން” ލައްވައި އިސްރާއީލުގެ ސަފީރުގެ މޫވްމެންޓްސް ތައް މޮނިޓަރ ވެސް ކުރި ކަމަށެވެ. ނަމަވެސް އިތުރު ތަފްޞީލެއް ނުދެއެވެ.
އެމެރިކާ އިން މިކަން ހާމަކޮށްފައި މި ވަނީ އީރާނާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ފިތުނަތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވެއެވެ.
ވޮޝިންޓަނުން ބުނީ ތެހެރާނުން އިތުރު ރޮނގެއް ހުރަސްކޮށް، ލެޓިން އެމެރިކާގައި ވެސް ނުރައްކާތެރި އޮޕަރޭޝަންތައް ފުޅާކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އެމެެރިކާއިން މިކަމުގެ ހެއްކެއް އަދި ނުދައްކައެވެ.






