ތުރުކީވިލާތުގެ އޮޕަރޭޝަނަށް ފަހު، އުފަންވިއިރު ވެސް ލޯފަން ދެބެންގެ ލޯ ރަނގަޅުކޮށްފި

ޢަބްދުﷲ ޖުނައިދު | 23 ދުވަސް ކުރިން - 7 ނޮވެންބަރު 2025 15:14
އުފަންވީއިރުވެސް ލޮލުން ނުފެންނަ ތުރްކިޔޭގެ ދެބެން: އިސްތަންބޫލްގެ ސާޖަރީއަށްފަހު މިހާރު ދެކުދިންނަށް ވެސް ފެނޭ.
އުފަންވީއިރުވެސް ލޮލުން ނުފެންނަ ތުރްކިޔޭގެ ދެބެން: އިސްތަންބޫލްގެ ސާޖަރީއަށްފަހު މިހާރު ދެކުދިންނަށް ވެސް ފެނޭ.
ޚުލާސާ

އުފަންވީ އިރު ވެސް ދެލޮލުން ނުފެންނަ ތުރްކިޔޭގެ 6 އަހަރާއި 8 އަހަރުގެ ދެބެންގެ ލޮލުގެ ފެނުން ތުރްކިޔޭގެ ހޮސްޕިޓަލަކަށް ރަނގަޅުކޮށްފި.

ކާމިޔާބު ސާޖަރީއަކަށް ފަހު ތުރްކިޔޭގެ ލޯފަން ދެބެންގެ ލޮލަށް ފެންނަ ގޮތް ވެއްޖެއެވެ.

ޢުމުރުން 6 އަހަރާއި 8 އަހަރުގެ ތުރްކިޔޭގެ ދެފިރިހެން ކުދިންގެ ލޯ އޮޕަރޭޝަން ކޮށްފައި ވަނީ އަންކާރާއިންނެވެ.

ކުރިއަރާފައިވާ ޞިއްޙީ ވަޞީލަތްތަކާއި ލޮލުގެ އޮޕަރޭޝަންތަކުން ފެށިގެން، ޚާއްޞަކޮށް އެސްތެޓިކް ފަރުވާގައި ތުރްކިޔޭ އަކީ ބައިނަލްއަޤްވާމީ މައިދާނުގައި މަޝްހޫރުކަން ހޯދާފައިވާ ޤައުމެކެވެ. ލޮލުގެ ފަރުވާއަށް ޔޫރަޕްގައި އެންމެ ރަނގަޅު ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނޭ ހޮސްޕިޓަލްތައް ވެސް ހުރީ ތުރްކިޔޭގައި ކަން ފާހަގަ ކޮށްލެވެއެވެ.

ލޮލުގެ އެންމެ އެތެރެ ބަދަލުކުރުމާއި، ކުޑަކުދިންގެ ފެނުން އަލުން ހޯދުމުގެ ދާއިރާއިން ތުރްކިޔޭ އަށް ބައިނަލްއަޤްވާމީ އެތައް އެވޯޑެއް ލިބިފައިވާކަން ފާހަގަ ކުރެވެއެވެ. މިއަދު މެޑިކަލް ޓޫރިޒަމްގެ ދުނިޔޭގައި އެއްވަނަ ޤައުމަކީ ވެސް ތުރްކިޔޭއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%