ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއުޅުނު ބޭރުގެ ބޯޓެއް އަތުލައިގަނެފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 28 ދުވަސް ކުރިން - 7 ނޮވެންބަރު 2025 15:32
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޯޓު. އެމްއެންޑީއެފްއިން ވަނީ މި ބޯޓު ޑްރޯންގެ އެހީގައި އަތުލައިގަނެފައި--- ފޮޓޯ: އެމްއެންޑީއެފް
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޯޓު. އެމްއެންޑީއެފްއިން ވަނީ މި ބޯޓު ޑްރޯންގެ އެހީގައި އަތުލައިގަނެފައި--- ފޮޓޯ: އެމްއެންޑީއެފް
ޚުލާސާ

މި ބޯޓަކީ ޝްރީލަންކާއަށް ނިސްބަތްވާ ބޯޓެއް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފަ

ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއުޅުނު ބޭރުގެ ބޯޓެއް، ޑްރޯންގެ އެހީގައި އަތުލައިގަނެފި އެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެއުޅުނު އެ ބޯޓު އަތުލައިގަނެފައިވަނީ، އެމްއެންޑީއެފް އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި ކަމަށެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނި ގޮތުގައި، ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓު އިންޓަސެޕްޓްކޮށް އެމްއެންޑީއެފްގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ކޯސްޓުގާޑުގެ ސްޕެޝަލް ބޯޓް ސްކޮޑުގެ ބެލުމުގެ ދަށަށް މި ބޯޓު ގެނެވުނީ މި މަހުގެ ފަސްވަނަ ދުވަހުގެ ރޭގައި ކަމަށާއި މި ބޯޓު ހަރަކާތްތެރިވަމުން ދިޔައީ ވ. ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުންކަމަށް އެމްއެންޑީއެފްއިން ބުނެފައިވެ އެވެ.

ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަކުރުމުގެ ގޮތުން އަސްކަރީ ޑްރޯންތައް އަސްކަރީ ކަންކަމުގައި ބޭނުންކުރަން ފެށުމާއެކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅޭ މިފަދަ ބޯޓުތައް އަތުލައިގަތުމަށް މިހާރު ވަނީ ވަރަށް ބޮޑަށް ފަސޭހަވެގެން ގޮސްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%