Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިސްލާމީ ޝަރީއަތަކީ ދިރިއުޅުމުގެ ހުރިހާ ދާއިރާއެއް ޝާމިލުވާގޮތަށް އޮތް ފުރިހަމަ ނިޒާމެއް: ހުކުރު ހުތުބާ

އިސްލާމީ ޝަރީއަތަކީ ދިރިއުޅުމުގެ ހުރިހާ ދާއިރާއެއް ޝާމިލުވާގޮތަށް އޮތް ފުރިހަމަ ނިޒާމެއް: ހުކުރު ހުތުބާ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
249 ދުވަސް ކުރިން - 7 ނޮވެންބަރު 2025 14:32
އިސްލާމީ މަރުކަޒު. އިސްލާމީ ޝަރީއަތުގައި، އަދުލުވެރިކަމާއި، އިހްސާންތެރިކަމާއި މީސްތަކުންގެ ހައްގުތައް ރައްކާތެރިކޮށްދީފައިވާ ކަމަށް ހުތުބާގައި ވަނީ ބުނެފަ--- ފޮޓޯ: ޚުލާސާ
އިސްލާމީ މަރުކަޒު. އިސްލާމީ ޝަރީއަތުގައި، އަދުލުވެރިކަމާއި، އިހްސާންތެރިކަމާއި މީސްތަކުންގެ ހައްގުތައް ރައްކާތެރިކޮށްދީފައިވާ ކަމަށް ހުތުބާގައި ވަނީ ބުނެފަ--- ފޮޓޯ: ޚުލާސާ
ޚުލާސާ

ބާއްޖަވެރިކަމަކީ ބޭނުން މީހަކު ބޭނުން ގޮތަކަށް ހޯދޭނެ އެއްޗެއް ނޫން ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ވަނީ ބުނެފަ

އިސްލާމީ ޝަރީއަތަކީ ދިރިއުޅުމުގެ ހުރިހާ ދާއިރާއެއް ޝާމިލުވާ ގޮތަށް އޮތް ފުރިހަމަ ނިޒާމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި، ބާއްޖަވެރިކަމުގެ އެއް ސަބަބަކީ އިސްލާމީ ޝަރީއަތަކީ ފުރިހަމަ ޝަރީއަތެއްކަން އެނގުން ކަމަށް ވަނީ ބުނެފަ އެވެ. އިސްލާމީ ޝަރީއަތަކީ ހަމައެކަނި އަޅުކަމާއި ހައްދުތައް ގާއިމުކުރުން ކަމަށް ބައެއް މީހުންނަށް ހީވެފައި އޮތްނަމަވެސް، ހަގީގަތުގައި އިސްލާމީ ޝަރީއަތުގައި އަގީދާއާއި، އަޅުކަމާއި، އަހްލާގާއި، އާއިލީ ގުޅުންތަކާއި، ތަރިކައާއި، އިގްތިސާދާއި، ސިޔާސީ އަދި ބައިނަލްއަގުވާމީ ގުޅުންތަކާއި ހަމަހަމަކަމާއި، އަދުލު އިންސާފާއި، މިފަދަ އެންމެހައި ދާއިރާތަކާއި ކަންކަން ހިމެނޭކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

އިންސާނާ ދުނިޔޭގައި ބާއްޖަވެރި ހަޔާތެއް އުޅުމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވެފައިވާ ދީނަކީ އިސްލާމް ދީންކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، އިސްލާމީ ޝަރީއަތުގައި، އަދުލުވެރިކަމާއި، އިހްސާންތެރިކަމާއި މީސްތަކުންގެ ހައްގުތައް ރައްކާތެރިކޮށްދީފައިވާ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

Advertisement

Advertisement 1

މިއަދުގެ ހުތުބާގައި، ފަގީރުންނާއި، ޔަތީމުންނާއި، އަންހެނުންނާއި، ކުޑަކުދިންނާއި އަދި ޣައިރު މުސްލިމުންނަށްވެސް ދުނިޔޭގެ އެއްވެސް ނިޒާމެއްގައި ނުދޭހައި ފުރިހަމައަށް އިސްލާމީ ޝަރީއަތުގައި މި ހައްގުތައް ކަށަވަރުކޮށްދީފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އިސްލާމީ ޝަރީއަތް ވަނީ މީސްތަކުންގެ ކިބައިގައި ތެދުވެރިކަމާއި، އަމާނަތްތެރިކަމާއި، ރަހުމަތާއި، އިއްފަތްތެރިކަމާއި އިހުސާންތެރިކަން އަށަގެންނެވުމަށް އަމުރުކޮށްފައިވާ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. މީގެ އިތުރަށްވެސް އެތަކެއް ދާއިރާއަކުން ބާއްޖަވެރިކަން ގެނެސްދިނުމަށް ގިނަގުނަ ކަންކަން ޝަރުއު ކުރައްވާފައިވާ ކަމަށްވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.

ދުނިޔެއާއި އާހިރަތުގެ ބާއްޖަވެރިކަމަށް އެދޭނަމަ މާތްﷲ އަށް ތަގުވާވެރިވެ، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވެ އަދި އެކަލާނގެ ނަހީކުރެއްވި ކަންކަމުން ދުރުހެލިވުމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.

ހުކުރު ޚުޠުބާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކީރިތި ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް: ހުތުބާ

"ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް"

4 ދުވަސް ކުރިން - 13:00

ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން: ހުތުބާ

"ނަހަމަގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން"

11 ދުވަސް ކުރިން - 14:29

ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި، ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ބޮޑު ހިޔާނަތެއް: ހުތުބާ

ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް: ހުތުބާ

18 ދުވަސް ކުރިން - 13:33

ހުތުބާ: އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި ބަނީ އިސްރާއީލުން ސަލާމަތްކުރެއްވި މާތް ދުވަސް

"އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި ބަނީ އިސްރާއީލުން ސަލާމަތްކުރެއްވި ދުވަސް"

25 ދުވަސް ކުރިން - 13:30

މިއަދު އިއްވީ ހިޖުރައިގެ މަތިވެރި ގުރުބާނީއާއި އިބުރަތްތަކުން ފުރިގެންވި ހުކުރު ހުތުބާއެއް

މިއަދު އިއްވީ ހިޖުރައިގެ މަތިވެރި ގުރުބާނީއާއި އިބުރަތްތަކުން ފުރިގެންވި ހުކުރު ހުތުބާއެއް

32 ދުވަސް ކުރިން - 13:05

ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ އަދާކުރާން ހުތުބާގައި ގޮވާލައިފި

"ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ އަދާކުރޭ"

39 ދުވަސް ކުރިން - 13:00