އެންމެ ބޮޑު ޝައިޠާނަކީ އެމެރިކާ ކަމަށް ބުނެ އީރާނުގައި ބިލްބޯޑެއް ބަހައްޓައިފި

ޢަބްދުﷲ ޖުނައިދު | 30 ދުވަސް ކުރިން - 5 ނޮވެންބަރު 2025 20:45
ތެހެރާނުގައި ބަހައްޓަފައިވާ މި ބިލްބޯޑުގައި އެންމެ ބޮޑު ޝައިޠާނަކީ އެމެރިކާ ކަމަށް ސިފަކޮށްފައިވޭ.
ތެހެރާނުގައި ބަހައްޓަފައިވާ މި ބިލްބޯޑުގައި އެންމެ ބޮޑު ޝައިޠާނަކީ އެމެރިކާ ކަމަށް ސިފަކޮށްފައިވޭ.
ޚުލާސާ

މި ބިލްބޯޑުގައި ޞައްދާމް ޙުސައިން އާއި ޤައްޛާފީ އާއި ޒެލެންސްކީ އަކީ ވެސް ޝައިޠާނުން ކަމަށް ބުނެފައިވޭ.

ދުނިޔޭގައިވާ އެންމެ ބޮޑު ޝައިޠާނަކީ އެމެރިކާ ކަމަށް ބުނެ އީރާނުގައި ބިލްބޯޑެއް ބަހައްޓައިފިއެވެ. ތެހެރާނުގެ މެދުތެރޭގައި ބަހައްޓާފައިވާ މި ބިލްބޯޑުގައި، ޝައިޠާނުންގެ ގޮތުގައި އީރާނުން ޤަބޫލުކުރާ ދުނިޔޭގެ ލީޑަރުންގެ ފޮޓޯ ކުރަހާފައި ވެއެވެ.

މި ބިލްބޯޑުގައި އެންމެ ބޮޑުކޮށް ފާހަގަކޮށްފައި ވަނީ އެމެރިކާ އިން “ފްރީޑަމް” އާއި “ޑިމޮކްރަސީ” ރަމްޒުކޮށްދޭ ލިބަރޓީ ސްޓެޗޫއެވެ. އެއީ ބޮޑު ޝައިޠާނު ކަމަށް ބުނެދީފައިވާއިރު، ޣިރާޤުގެ ކުރީގެ ރައީސް ޞައްދާމް ޙުސައިން އާއި، ލީބިޔާގެ ކުރީގެ ރައީސް ކާނަލް މުއައްމަރުލް ޤައްޛާފީ އާއި، އީރާނުގެ ކުރީގެ 3 ލީޑަރެއްގެ ފޮޓޯގެ އިތުރުން ޔުކްރޭނުގެ މިހާރުގެ ރައީސް ޒެލެންސްކީވެސް އެ ބިލްބޯޑުގައި ވެއެވެ.

އީރާނުން މި ބިލްބޯޑް ބަހައްޓާފައި ވަނީ އެ ޤައުމުގައި ކުރިން ހުރި އެމެރިކާގެ އެމްބަސީ ތެރެއަށް އީރާނުގެ ކިޔަވާކުދިން ގަދަކަމުން ވަދެ އެތަނުގައި ތިބި ހުރިހާ އެންމެން ރަހީނުކޮށްގެން 444 ދުވަސް ވަންދެން ގެންގުޅުނުތާ 46 އަހަރު ފުރުން ފާހަގަކުރަމުންދާ ދަނޑިވަޅެއްގައެވެ.

1979 ވަނަ އަހަރުގެ އިސްލާމީ އިންޤިލާބުގައި އާޔަތުالله ޢަލީ ޚާމަނާއީ އާއި އީރާނުގެ އެހެނިހެން ލީޑަރުން ވަނީ އެމެރިކާއަކީ އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު ދުޝްމަނުގެ ގޮތުގައި ރަސްމީކޮށް ބްރޭންޑް ކޮށްފައެވެ.

އެމެރިކާ އިން ވަނީ އީރާނުގެ އިޤްތިޞާދު ފުނޑައިލުމަށް ހެސްކިޔާފަ މަސައްކަތް ކޮށްފައެވެ. އަދިވެސް އެމެރިކާ އިން “ކުޑަބުރުގައި” ކުރަމުން ދަނީ އެ މަސައްކަތެވެ. 2020 ވަނަ އަހަރު އެމެރިކާ އިން ވަނީ އީރާނުގެ ޖެނެރަލް ޤާސިމް ސުލައިމާނީ އަށް ޑްރޯން ޙަމަލާއެއް ދީ ފުރާނަ ދުއްވާލާފައެވެ. އަދި މެދުއިރުމަތީގައި އަސްކަރީ އެތައް ޖަރީމާ އެއް ވޮޝިންޓަނުން ހިންގާ ކަމަށް އީރާނުން އަބަދު ވެސް ދަނީ ވަކާލާތު ކުރަމުންނެވެ.

ޣިރާޤާއި، އަފްޣާނިސްތާން، ލީބިޔާ އަދި ޔަމަނަށް ވެސް އެމެރިކާއިން ޙަމަލާ ދޭއިރު، އެ ބިލްބޯޑުގައިވާ ޒެލެންސްކީ މެދުވެެރިކޮށް އެމެރިކާއިން ހަތިޔާރާއި ފައިސާ ދީގެން އެ ގެންދަނީ އީރާނުގެބއެކުގެރި ރަޝިޔާ އާއި ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%