Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުރީ ސަރުކާރުން ހިޔާ ފްލެޓްތައް ހިތުހުރި ގޮތަކަށް ބަހާލި: މެމްބަރު ފަޒީލް

ކުރީ ސަރުކާރުން ހިޔާ ފްލެޓްތައް ހިތުހުރި ގޮތަކަށް ބަހާލި: މެމްބަރު ފަޒީލް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
306 ދުވަސް ކުރިން - 5 ނޮވެންބަރު 2025 13:23
މެމްބަރު ފަޒީލް. މެމްބަރު ފަޒީލް އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރާ ހިލާފަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ލިބެންޖެހޭ ހައްގެއްވާނަމަ އެ ހައްގެއް ހޯދަދޭނެ ކަމަށް--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މެމްބަރު ފަޒީލް. މެމްބަރު ފަޒީލް އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރާ ހިލާފަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ލިބެންޖެހޭ ހައްގެއްވާނަމަ އެ ހައްގެއް ހޯދަދޭނެ ކަމަށް--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

ރަށުގައި ތިބެ ދޮގު ލިޔެކިޔުންތައް ހުށަހަޅައިގެން ފްލެޓް ހޯދާފައިވާ ފަރާތްތަކަކީ ކޮބައިކަން އެންމެ ރަނގަޅަށް ބެލޭނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކަމަށް މެމްބަރު ފަޒީލް ވިދާޅުވި

ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ހިޔާ މަޝްރޫއުގެ ދަށުން ރައްޔިތުންނަށް ދޫކުރި ފްލެޓްތައް، ނިމިދިޔަ ސަރުކާރުން ހިތުހުރި ގޮތަކަށް ބަހާލި ކަމަށް މެމްބަރު ފަޒީލް މިއަދު ވިދާޅުވެއްޖެ އެވެ.

މެމްބަރު ފަޒީލް މި މޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މެމްބަރު ފަޒީލް ވިދާޅުވި ގޮތުގައި، ނިމިދިޔަ ސަރުކާރުން ހިޔާ މަޝްރޫއުގެ ދަށުން ދޫކުރި ފްލެޓްތައް ހިތުހުރި ގޮތަކަށް ބަހާލައި، ފްލެޓް ލިބުނު އެތައް ނިކަމެތި ރައްޔިތުންގެ ހައްގު ނިގުޅައިގަތް ކަމަށެވެ. އަދި އެ ފްލެޓްތައް ދޫކުރީ ފްލެޓްތަކުގެ މަސައްކަތް ނިމުނުތާ ދެ އަހަރު ދުވަސް ފަހުން ކަމަށް މެމްބަރު ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުން ރައްޔިތުންނަަށް ދޫކުރި ފްލެޓްތައް މި ސަރުކާރުން ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރައްޔިތުންނަށް ހަވާލުކުރައްވަމުން ގެންދަވާނެ ކަމަށް މެމްބަރު ފަޒީލް ވިދާޅުވި އެވެ.

Advertisement

Advertisement 1
"އަޅުގަނޑު ގަބޫލުކުރަން އެބަތިބި ފްލެޓް އަދިވެސް ލިބެންޖެހޭ ހައްގުވާ ފަރާތްތައް. އެކަމަކު އެއީ އަޅުގަނޑުމެންގެ ސަރުކާރުންނޭ ސީދާ ނުބުނެވޭނެ ސިވިލް ސާވިސް ތެރޭގައި ފްލެޓް ކޮމިޓީގެ ތިބި ބަޔަކު ކޮށްފަ ހުރި ބައެއްކަހަލަ ކަންތައްތައް އެބަހުރި، އޭގެތެރޭގައި ބަލްންޖެހޭ ވަރަށް ނުބެލި ބައެއް މީހުންގެ ހައްގުތައްވެސް ގެއްލިފަ އެބަހުރި، އެކަންތައްތައްވެސް އަދިވެސް ބެލޭނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" --- މެމްބަރު ފަޒީލް ވިދާޅުވި އެވެ.

މެމްބަރު ފަޒީލް ވިދާޅުވީ، ރަށުގައި ތިބެ ދޮގު ލިޔެކިޔުންތައް ހުށަހަޅައިގެން ފްލެޓް ހޯދާފައިވާ ފަރާތްތައް އެބަތިބި ކަމަށާއި، އެކަންކަން އެންމެ ރަނގަޅަށް ބެލޭނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކަމަށެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ދޫކުރި ފްލެޓްތައް ހިތުހުރި ގޮތަކަށް ބަހާލިކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކުރި ފްލެޓްތަކުގެ ކެޓަގަރީ އުވާލުމަށްފަހު ފިހާރަތަކަކަށް ބަދަލުކޮށްލި ކަމަށް މެމްބަރު ފަޒީލް ވިދާޅުވި އެވެ.

މެމްބަރު ފަޒީލް އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރާ ހިލާފަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ލިބެންޖެހޭ ހައްގެއްވާނަމަ އެ ހައްގެއް ހޯދަދެއްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

11 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

11 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

11 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

12 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

12 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

13 ދުވަސް ކުރިން - 07:43

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%