Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކަށި މިޔަރުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރަންޖެހޭ: މެމްބަރު ނަސީރު

ކަށި މިޔަރުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރަންޖެހޭ: މެމްބަރު ނަސީރު

މުޙައްމަދު ޖިނާން ހުސައިން ޖަބީން
252 ދުވަސް ކުރިން - 5 ނޮވެންބަރު 2025 12:37
މެމްބަރު ނަސީރު. ގައުމުގައި އޮތް އެންމެ ބޮޑު މުއްސަނދިކަން ވަކި ބަޔަކު ބޭނުންވާ ގޮތަށް ދޫކޮށްލާފައި އޮތުމަކީ ކުރަންޖެހޭ ކަމެއް ނޫން ކަމަށް މެމްބަރު ވިދާޅުވި--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މެމްބަރު ނަސީރު. ގައުމުގައި އޮތް އެންމެ ބޮޑު މުއްސަނދިކަން ވަކި ބަޔަކު ބޭނުންވާ ގޮތަށް ދޫކޮށްލާފައި އޮތުމަކީ ކުރަންޖެހޭ ކަމެއް ނޫން ކަމަށް މެމްބަރު ވިދާޅުވި--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

ރާއްޖޭގެ ބޮޑު ސަރަހައްދަކީ ކަނޑުގެ ސަރަހައްދަށްވާއިރު، ގައުމުގެ އެންމެ ބޮޑު މުއްސަނދިކަން ބަޔަކު ބޭނުންވާ ގޮތަށް ދޫކޮށްލާފައި އޮތުމަކީ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ނަސީރު ވިދާޅުވި

ކަށި މިޔަރުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރަންޖެހޭ ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

މެމްބަރު ނަސީރު މި މޭރުމުން ވިދާޅުވީ، ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ސަރުކާރުން ހުއްދަ ދިނުމާއި ގުޅިގެން، އެކަން ހުއްޓުވަށް ގޮވާލައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

ކަށި މިޔަރުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރަންޖެހޭ ކަމަށާއި އެ މަސައްކަތް ކުރާ ހިތްވާ މީހުން އެބަތިބި ކަމަށް މެމްބަރު ނަސީރު ވިދާޅުވި އެވެ. ވަކިން ހާއްސަކޮށް ނިކަމެތި ރައްޔިތުންނަށް ކުރެވެނީ މި ބާވަތުގެ މަސައްކަތްތައްކަން ފާހަގަކުރައްވައި މެމްބަރު ނަސީރު ވިދާޅުވީ، ރާއްޖޭގެ ބޮޑު ސަރަހައްދަކީ ކަނޑުގެ ސަރަހައްދު ކަމަށެވެ. އެހެންކަމުން ގައުމުގައި އޮތް އެންމެ ބޮޑު މުއްސަނދިކަން ވަކި ބަޔަކު ބޭނުންވާ ގޮތަށް ދޫކޮށްލާފައި އޮތުމަކީ ކުރަންޖެހޭ ކަމެއް ނޫން ކަމަށް މެމްބަރު ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

ރާއްޖޭގެ ކަނޑުތަކުގަ ހުރި ބައެއް މައުދަންތައް ނުނަގައި ދޫކޮށްލާފަ ހުރި އިރު، ރެޑް ކޮރަލް އަދި ބްލެކް ކޮރަލްގެ އަގު ބާޒާރުގައި ހުރީ 10،000 އާއި 20،000 ޑޮލަރާއި ދެމެދުގައި ކަމަށާއި ދުނިޔޭގެ ބައެއް ގައުމުތަކުގައި ގަހަނާ އުފައްދައިގެން ވިއްކި ނަމަވެސް ރާއްޖޭގައި އެއީ މަނާ ކަމެއް ކަމަށް ނަސީރު ވިދާޅުވި އެވެ.

"18 ކެރެޓު ރަންކޮޅަކާ، 10 ގުރާމު ރެޑް ކޮރަލް އެއް ބޭނުންކޮށްލައިގެން 20،000 ޑޮލަރަށް ފަށުފުލެއް އެބަ ވިއްކާ ދުނިޔޭގެ ބާޒާރުގަ. ކީއްވެގެންތޯ އަޅުގަނޑުމެން މިހެން ތިބެންވީ. ކީއްވެގެންތޯ މިހެން ތިބެންވީ. ހަމައެކަނި އަޅުގަނޑުމެން ވީ ރިސޯޓު މުވައްޒަފުން ގެނެސްގެން އަޑިއަށް ލައިގެން ހުރިހާ އެންމެންނަކީ މުވައްޒަފުންނަށް ހަދައިގެން އުފެއްދުންތެރިކަން ދޫކޮށްލައިގެން ތިބެންވީތޯ،" --- މެމްބަރު ނަސީރު ވިދާޅުވި އެވެ.

ދިވެހިންނަކީ އުފެއްދުންތެރި ބައެއްކަން ފާހަގަކުރައްވައި މެމްބަރު ނަސީރު ވިދާޅުވީ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް މިފަދަ އެތަށް ފުރުސަތެއް އެބައޮތް ކަމަށެވެ. އަދި ގާނޫނާއި ގަވާއިދުތަކަށް އިސްލާހު ގެނެސް އުސޫލުތަކުގެ ތެރެއިން އާދައިގެ ނިކަމެތި ރައްޔިތުން މުއްސަނދި ވުމަށްޓަކައި މިފަދަ ފުރުސަތުތައް ހުޅުވާލަން ޖެހޭނެ ކަމަށް މެމްބަރު ނަސީރު އިތުރަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް
Ad
Ad

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

1 ދުވަސް ކުރިން - 13:08

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

8 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

8 ދުވަސް ކުރިން - 10:45

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

20 ދުވަސް ކުރިން - 11:10

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

39 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

40 ދުވަސް ކުރިން - 12:12

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%