Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސްވިޒަލެންޑްގެ އެޑެލްވައިސް އާއި އެކު 22 ވަނަ އެއާލައިނަށް ޓާމިނަލް 1 އިން ޚިދުމަތްދޭން ފަށައިފި

ސްވިޒަލެންޑްގެ އެޑެލްވައިސް އާއި އެކު 22 ވަނަ އެއާލައިނަށް ޓާމިނަލް 1 އިން ޚިދުމަތްދޭން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
209 ދުވަސް ކުރިން - 4 ނޮވެންބަރު 2025 20:39
ސްވިޒަލެންޑްގެ އެޑެލްވައިސް އެއާލައިންގެ ފުލައިޓް ރާއްޖޭގެ ޤައުމީ ވައިގެ ބަނދަރަށް ތިރިކުރަނީ / ފޮޓޯ: އެމްއޭސީއެލް
ސްވިޒަލެންޑްގެ އެޑެލްވައިސް އެއާލައިންގެ ފުލައިޓް ރާއްޖޭގެ ޤައުމީ ވައިގެ ބަނދަރަށް ތިރިކުރަނީ / ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

ސްވިޒަލެންޑްގެ އެޑެލްވައިސް އެއާލައިނަށް ވެލާނާ އިންޓަނޭޝަނަލް ޓާމިނަލް 1 އިން ޚިދުމަތްދޭން ފަށައިފި.

ސްވިޒަލެންޑްގެ ތިންވަނައަށް އެންމެ ބޮޑު އެޑެލްވައިސް އެއާލައިނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ޓާމިނަލް 1 އިން ޚިދުމަތް ދޭން މިއަދު ފަށައިފިއެވެ. މިއާއި އެކު އެ ޓަމިނަލުން ޚިދުމަތްދޭން ފެށި އެއާލައިންތަކުގެ ޢަދަދު މިވަނީ 22 އަށް އަރާފައެވެ.

އެޑެލްވައިސް އަށް ޓާމިނަލް 1 އިން ޚިދުމަތް ދިނުމުގެ ގޮތުން މިއަދު ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއޭސީއެލް

Advertisement

Advertisement

އެޑެލްވައިސް އަށް ޓާމިނަލް 1 އިން ޚިދުމަތް ދިނުމުގެ ގޮތުން މިއަދު ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދުގެ އިތުރުން އެޑެލްވައިސް އެއާސްޓޭޝަން މެނޭޖަރ މަހްޖޫބް ޢަބްދުﷲ އާއި އެމްއޭސީއެލްގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެޑެލްވައިސް އަށް ޓާމިނަލް 1 އިން ޚިދުމަތް ދިނުމުގެ ގޮތުން މިއަދު ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއޭސީއެލް

މިއަދުގެ ރަސްމިއްޔާތުގައި އެޑެލްވައިސްގެ ޗެކިންގ ކައުންޓަރު ރަސްމީކޮށް ހުޅުވައި އެ ފުލައިޓުން ރާއްޖެ އައި 205 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓަމިނަލް 1 އަށް ކައިރިކުރި އެ އެއާލައިންގެ ފުރަތަމަ ފުލައިޓް WK066 އިން ރާއްޖެ އައި 271 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެޑެލްވައިސް އަށް ޓާމިނަލް 1 އިން ޚިދުމަތް ދިނުމުގެ ގޮތުން މިއަދު ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއޭސީއެލް

ސްވިސް ލެއިޝާ އަދި ޗާޓަ އެއާލައިން، އެޑެލްވައިސްގެ ހިދުމަތް ރާއްޖެއަށް ފެށީ 2000 ވަނަ އަހަރުގެ ނޮވެމްބަރު 4 ގައެވެ. މިއަދަކީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރާތާ 25 އަހަރު ފުރުނު ދުވަހެވެ.

ވިޔަފާރިވެލާނާ އެއާޕޯޓް ޓާމިނަލް 1އެމްއޭސީއެލް

ގުޅޭ ޚަބަރުތައް

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

3 ގަޑިއިރު ކުރިން - 09:50

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

16 ގަޑިއިރު ކުރިން - 20:41

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

23 ގަޑިއިރު ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

1 ދުވަސް ކުރިން - 12:41

ސިގިރެޓާ ގުޅިގެން ސަރުކާރުން ޔޫޓާނެއް ނުނަގާ

ސަރުކާރުން ޔޫޓާނެއް ނުނަގާ

1 ދުވަސް ކުރިން - 11:51

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%