Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް އިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް އިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ

އައިޝަތު ރުވާ ރިފްޢަތު
265 ދުވަސް ކުރިން - 2 ނޮވެންބަރު 2025 19:30
މިދިޔަ އަހަރު ފާހަގަކުރި ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން----ފޯޓޯ: ޚުލާސާ
މިދިޔަ އަހަރު ފާހަގަކުރި ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން----ފޯޓޯ: ޚުލާސާ
ޚުލާސާ

މިއަހަރުގެ ނަސްރުގެ ދުވަހާ ދިމާކޮށް ތިނަދޫ ސިޓީގައި ވެސް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި.

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުގެ ނަސްރުގެ ދުވަހާ ދިމާކޮށް ގިނަ ހަރަކާތްތަކެއް ގެންދިޔުމުގެ އެންމެ ފަހުގެ ތައްޔާރީތައް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވެއްޖެ އެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 3 ވަނަ ދުވަހު ސިފައިން ބައިވެރިވެގެން ބޮޑު ޖަމާއަތުގައި ކުރެވޭ ފަތިސް ނަމާދުންނެވެ. މި ބޮޑު ޖަމާއަތް އޮންނާނީ އިސްލާމީ މަރުކަޒު ގައެވެ.

Advertisement

Advertisement 1

އަދި އެ ދުވަހު ހެދުނު 06:00 ޖަހާއިރު 3 ނޮވެމްބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ މަސައްކަތް އޮންނާނެ އެވެ. ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ އެ ދުވަހު ހެނދުނު 09:00 ޖަހާއިރު ސޯޝަލް ސެންޓަރުގަ އެވެ.

ނަސްރުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ހަވީރީ ހަރަކާތްތައް ފަށާނީ ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގަ އެވެ. މި ހަރަކާތްތަކުގެ ތެރޭގައި އަސްކަރީ ހުށަހެޅުމެއް އެމްއެންޑީއެފްގެ ފަރާތުން ކުރިއަށް ގެންދާނެ އެވެ.

މީގެ އިތުރުން ތިނަދޫ ސިޓީގައި އެ ދުވަހުގެ މުނާސަބަތުގައި ސިފައިންގެ ފޮޓޯ މައުރަޒާއި، އަސްކަރީ ހުށަހެޅުމެއްގެ އިތުރުން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ފޮޓޯ މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހު 7 އާއި 8 ވަނަ ދުވަހު ގދ. އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ. އަދި އަސްކަރީ ހުށަހެޅުމާއި ކުޑަކުދިންގެ ހަވީރު އޮންނާނީ 8 ވަނަ ދުވަހުގެ ހަވީރު ތިނަދޫ ސީޓީ ސްޓޭޑިއަމްގަ އެވެ.

ނަސްރުގެ ދުވަހަކީ ނޮވެމްބަރު 3، 1988 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ބަދަލުކޮށްލުމަށްޓަކައި ލަންކާގެ ޕްލޯޓް ޖަމާއަތަށް ނިސްބަތްވާ 42 މީހަކާއެކު ދިވެހިންތަކެއް އަޑީގައި ތިބެ މާލެ އަށް އަރައި ދިން ހަމަލާތަކުގައި ޝަހީދުވި 19 ދިވެހިންގެ ހަދާނުގައި ފާހަގަކުރާ ދުވަހެކެވެ. މި ދުވަހަކީ ކުލަގަދަކޮށް ފާހަގަކުރާ ސަރުކާރު ބަންދު ދުވަހެކެވެ.

އެމްއެންޑީއެފްނަސްރުގެ ދުވަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިފައިންގެ ދެބެޗެއްގެ އަސާސީ ތަމްރީން ކޯސް ނިންމި 255 ދަރިވަރުން ހުވާކޮށްފި

ސިފައިންގެ ދެބެޗެއްގެ އަސާސީ ތަމްރީން ކޯސް ނިންމި 255 ދަރިވަރުން ހުވާކޮށްފި

9 ދުވަސް ކުރިން - 20:18

ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްފި

ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްފި

35 ދުވަސް ކުރިން - 20:14

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ކޯސް މިއަދު ފަށައިފި

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ކޯސް ފަށައިފި

37 ދުވަސް ކުރިން - 15:11

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

48 ދުވަސް ކުރިން - 17:31

އެމްއެންޑީއެފްގެ އާ އުޅަނދު އިމާދުއްދީން ރާއްޖެ އަށް އައުމަށް މިސްރާބު ޖަހައިފި

އެމްއެންޑީއެފްގެ އާ އުޅަނދު އިމާދުއްދީން ރާއްޖެ އަށް އައުމަށް މިސްރާބު ޖަހައިފި

51 ދުވަސް ކުރިން - 18:46

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް ފުރައިފި

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް

53 ދުވަސް ކުރިން - 15:33