ބަނގުރަލާއެކު ހައްޔަރުކުރި މީހުންގެ ތެރޭގައި ފުލުހެއް، ވަޒީފާއިން ވަކިކުރަން ލަފާ ދީފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 33 ދުވަސް ކުރިން - 2 ނޮވެންބަރު 2025 11:21
ޝަހީދު ހުސައިން އާދަމް ބިލްޑިން. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އެންމެންނަކީވެސް ދިވެހިން ކަމަށް ފުލުހުން ވަނީ ބުނެފަ--- ފޮޓޯ: ޚުލާސާ
ޝަހީދު ހުސައިން އާދަމް ބިލްޑިން. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އެންމެންނަކީވެސް ދިވެހިން ކަމަށް ފުލުހުން ވަނީ ބުނެފަ--- ފޮޓޯ: ޚުލާސާ
ޚުލާސާ

ތުލުސްދޫ ގެސްޓު ހައުސްއެއްގެ ތެރެއިން ބަނގުރަލާއެކު ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ފުލުހަކީ ކޮންސްޓަބަލް އައިމިނަތު މާޔާ ހުސައިން ބަޝީރު ކަމަށް ފުލުހުން ވަނީ ބުނެފަ

ބަނގުރަލާއެކު ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ފުލުސް މީހަކު ވަޒީފާއިން ވަކިކުރަން ލަފާ ދީފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ނިމިދިޔަ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު މި ފުލުސް މީހާ ހިމެނޭހެން ތުލުސްދޫ ގެސްޓް ހައުސް އަކުން ހަތް މީހަކު ހައްޔަރުކޮފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކުރީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، އެ ގެސްޓްހައުސް ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500 މިލި ލީޓަރުގެ ދެ ފުޅި އާއި ތައްޓެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ތިން ފިރިހެނުންނާއި 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކާއި 26 އަހަރުގެ އަންހެނެއްގެ އިތުރުން 20 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ. މި އެންމެންނަކީވެސް ދިވެހިން ކަމަށާއި، މި މީހުންގެ ތެރެއިން ފުލުހަކީ، ކޮންސްޓަބަލް އައިމިނަތު މާޔާ ހުސައިން ބަޝީރު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނި ގޮތުގައި، މި އެންމެންގެ ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން މަސްތުވާތަކެއްޗަށް ނެގަޓިވް ވެފައިވާ ކަމަށާއި އެ މީހުން ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން ފުލުހުން އިތުރަށް ބުނީ، ހައްޔަރުކުރި ފުލުސް މީހާ މަގާމުން ސަސްޕެންޑުކޮށް ޕްރޮފެޝަނަލް ކޮމާންޑުން އޭނާގެ މައްސަލަ ބަލައި، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އޭނާ މަގާމުން ވަކިކުރަން ލަފާދީފައިވާ ކަމަށެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%