މާލެ ތެރޭގައި ބަޑީގެ އަޑު މިރޭ އިވިދާނެ: އެމްއެންޑީއެފް

އައިޝަތު ރުވާ ރިފްޢަތު | 34 ދުވަސް ކުރިން - 1 ނޮވެންބަރު 2025 20:57
ސިފައިން ހަތިޔާރާއެކު---ފޮޓޯ: ޚުލާސާ
ސިފައިން ހަތިޔާރާއެކު---ފޮޓޯ: ޚުލާސާ
ޚުލާސާ

މިއީ ނޮވެމްބަރު 3 ގައި ކުރިއަށް ގެންދާ ހަރަކާތްތަކާ ގުޅިގެން މިރޭ 20:15އާއި 22:00އާ ދެމެދު ހިންގޭ ހަރަކާތެއް.

މާލޭގެ ތެރެއަށް ބަޑީގެ އަޑު އިވުން އެކަށީގެންވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓްކުރުމުގެ ފަރިތަކުރުންތަކުގެ ތެރެއިން ޝަހީދުންގެ ބިނާ ކައިރީގައި މިރޭ 20:15އާއި 22:00އާ ދެމެދު ބްލޭންކްސް ފަޔާކުރުން ކުރިއަށްދާނެ ކަމަށެވެ.

ބްލޭންކްސް ފަޔާކުރުމަކީ ހުސް ކާޓްރިޖެއް އަޅާފައި ބަޑި ޖެހުމެވެ. އެ ބަޑިގައި އެއްވެސް ވަޒަނެއް ނުހުންނާނެ އެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ނަސްރުގެ ދުވަހަށް ތައްޔާރުވުމުގެ ގޮތުން އެމްއެންޑީއެފް އިން ކުލަގަދަ ހަރަކާތްތަކަށް ތައްޔާރު ވަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%