އޯވާޓެކް ކުރަން އުޅެނިކޮށް އެކްސިޑެންޓުވެ ދެ ކާރަކަށް ގެއްލުންވެއްޖެ

އައިޝަތު ރުވާ ރިފްޢަތު | 29 ދުވަސް ކުރިން - 1 ނޮވެންބަރު 2025 18:23
ހައިވޭގައި ހިނގި އެކްސިޑެންޓް---ފޮޓޯ: މަރިޔަމް ޝައްފަ ސައީދު
ހައިވޭގައި ހިނގި އެކްސިޑެންޓް---ފޮޓޯ: މަރިޔަމް ޝައްފަ ސައީދު
ޚުލާސާ

ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓުގައި މީހަކަށް އަނިޔާ ލިބިފައެއް ނުވާކަމަށް. އަދި މި މައްސަލަ ތަހުގީގު ކުރާކަމަށް.

މާލެ-ހުޅުމާލެ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓޭއް ހިނގައި ދެ ކާރަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެ އިން މާލެ އަށް އަންނަ ފަޅީގައި ކަމަށާއި ފުލުހުންނަށް މި އެކްސިޑެންޓުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 16:00 ގައި ކަމަށެވެ.

ދެ ކާރެއް ޖެހި މި އެކްސިޑެންޓު ހިނގާފައިވަނީ އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގަ އެވެ. މި އެކްސިޑެންޓުގައި މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހައިވޭގައި މިފަދަ އެކްސިޑެންޓުތައް ކޮންމެ ދުވަހަކުވެސް ދަނީ ވަމުންނެވެ. އެކްސިޑެންޓުތައް މަދުކުރުމަށް ކަމާބެހޭ އިދާރާތްތަކުން ދަނީ ގިނަގުނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%