ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން 2،000 އަށްވުރެ ގިނަ ގޯތި ދޫކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 29 ދުވަސް ކުރިން - 1 ނޮވެންބަރު 2025 17:22
ގުޅިފަޅު. ގުޅިފަޅުން ޖުމުލަ 2،023 ގޯތި އޭގެ ވެރިފަރާތަށް ވަނީ ހަވާލުކުރެވިފަ--- ފޮޓޯ: އިންޓަނެޓް
ގުޅިފަޅު. ގުޅިފަޅުން ޖުމުލަ 2،023 ގޯތި އޭގެ ވެރިފަރާތަށް ވަނީ ހަވާލުކުރެވިފަ--- ފޮޓޯ: އިންޓަނެޓް
ޚުލާސާ

ގުޅިފަޅުން ގޯތިލިބިފައިވާ 3،520 ފަރާތްތަކުގެ ތެރެއިން މިހާތަނަށް ގޯތި ދޫކޮށްފައިވަނީ 2،023 ފަރާތަކަށް

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން މިހާތަނަށް 2،000 އަށްވުރެ ގިނަ ގޯތި ދޫކޮށްފި އެވެ.

މިކަމާ ގުޅިގެން ކޮންސްޓަރަކްޝަންސް މިނިސްޓްރީން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ގޫލިފަޅު ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގުރުއަތު ނެގުމަށްފަހު، ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 2،032 ގޯތި ގުޅިފަޅުން ދޫކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ގޯތީގެ ރަޖިސްޓްރީ ވަނީ ދޫކުރަން ފަށައިފަ އެވެ.

ކުރީ ސަރުކާރުން ހަދާފައިވާ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް މި ސަރުކާރުން ވަނީ މި މަޝްރޫއަށް އިތުރު 85 ހެކްޓަރު އިތުރު ކުރުމަށް ނިންމައިފަ އެވެ. އެއާއެކު ގުޅިފަޅުގެ އާ ލޭންޑް ޔޫސް ޕްލޭންގައި ހައުސިން ޔުނިޓްތަކާއި ރެސިޑެންޝަލް ޕްލޮޓްތަކާއި، ސަރުކާރު އޮފީސްތަކާއި، ކޮމާޝަލް ޒޯނާއި، ވިޔަފާރިތަކަށް ހާއްސަ ސަރަހައްދުތަކާއި، ޓޫރިޒަމަށް ހާއްސަ ސަރަހައްދުތަކާއި ސްކޫލުތަކާއި މިސްކިތްތައްވެސް ވަނީ ހިމަނައިފަ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން އެންމެ ފުރުތަމަ ދޫކުރަން ހަމަޖެހިފައިވަނީ 2،438 ގޯއްޗެވެ. އެހެން ނަމަވެސް އަލަށް އިތުރުކުރެވޭ 85 ހެކްޓަރާއެކު މި އަދަދު ވަނީ 3،520 އަށް އިތުރުވެފަ އެވެ. މި އަދަދު އިތުރުވެފައިވަނީ ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރަން އެދުނު ފަރާތްތައްވެސް ހިމަނައިގެންނެވެ. އެހެން ކަމުން އަދި ޖުމުލަ 1،497 ގޯތި ހައްގުވެރިންނަށް ހަވާލުކުރަން ޖެހޭނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%