ރައްޔިތުން އިންތިހާބު ކުރާ ވެރިންނަކީ ގައުމީ މަސްލަހަތު ކުރިއަށް ނެރޭ ބަޔަކަށް ވާންޖެހޭނެ: މިނިސްޓަރު ސައީދު

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 34 ދުވަސް ކުރިން - 1 ނޮވެންބަރު 2025 14:42
މިނިސްޓަރު ސައީދު. މިނިސްޓަރު ސައީދު ވަނީ، ރައީސް ޑރ. މުއިއްޒުގެ ނިންމެވުމަށް މަރުހަބާ ދަންނަވައިފަ--- ފޮޓޯ: އިންޓަނެޓް
މިނިސްޓަރު ސައީދު. މިނިސްޓަރު ސައީދު ވަނީ، ރައީސް ޑރ. މުއިއްޒުގެ ނިންމެވުމަށް މަރުހަބާ ދަންނަވައިފަ--- ފޮޓޯ: އިންޓަނެޓް
ޚުލާސާ

މިނިސްތަރު ސައީދު މި މޭރުމުން ވިދާޅުވީ ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ރައީސް ނިންމެވުމާ ގުޅިގެން

ރައްޔިތުން އިންތިހާބު ކުރާ ވެރިންނަކީ ގައުމީ މަސްލަހަތު ކުރިއަށް ނެރޭ ބަޔަކަށް ވާންޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު މި މޭރުމުން ވިދާޅުވީ، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. މިނިސްޓަރު ސައީދު ވިދާޅުވީ، ގައުމަކަށް ސިއްހީ ގޮތުން ދުޅަހެޔޮ ޖީލެއް ލިބިފައިވުމަކީ އެ ގައުމެއްގެ އުފެއްދުންތެރިކަން އިތުރުވެ ތަރައްގީގެ ގޮތުން ކުރިއަރައި ދިއުމަށް ލިބިގެންދާ ފަހި ފުރުސަތެއް ކަމަށެވެ.

"ރައްޔިތުން އިންތިހާބު ކުރާ ވެރީންނަކީ ދުރަށް ވިސްނައި، އާންމު މަންފާ އިސްކޮށް، ގައުމީ މަސްލަހަތު ކުރިއަށް ނެރޭ ބަޔަކަށްވާންވާނެ،" --- މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒުގެ މި ނިންމެވުމަށް މަރުހަބާ ދަންނަވަމުން މިނިސްޓަރު ސައީދު ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވީ، އިޖުތިމާއީ މިފަދަ ކަންކަމަށް އިސްލާހީ ފިޔަވަޅު އަޅުއްވަމުން ގައުމު ބިނާކުރުމަށް ރައީސް ކުރައްވާ ގައުމީ މަސައްކަތްޕުޅުގައި ކާމިޔާބަށް އެދޭ ކަމަށެވެ.

ދުންފަތުގެ ޖެނެރޭޝަނަލް ބޭންގެ އިތުރުންވެސް ރައީސް ވަނީ ތިން ކަމެއް ތަންފީޒުކުރަން ނިންމަވާފައިވާކަން ހާމަކުރައްވައިފަ އެވެ. އެ ތިން ކަންތައްތަކަކީ:

  1. 2007 ޖެނުއަރީ އެކަކުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނޭ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުން
  2. ކަށި މިޔަރު ބޭނުމުގެ ހުއްދަ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ހުއްދަކުރުން
  3. ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާރވިސް ގެ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި މުސާރަ ބޮޑުކުރުން

މި ތިން ކަންތައް ހަގީގަތަކަށް ހެދުމުގައި މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކާއި، އަދި އެއްބާރުލުން ދެއްވި އެންމެހާ ފަރާތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%