ހިޔާގެ އަށްވަނަ ޓަވަރުން މީހަކު ވެއްޓި މަރުވެއްޖެ އެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ޚުލާސާ"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހިޔާގެ އަށްވަނަ ޓަވަރުން މީހަކު ވެއްޓިފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 08:32 ހާއިރު އެވެ. އެ މީހާ ވެއްޓުނީ އެ ޓަވަރުގެ ކޮން ފްލޯއަކުން ކަމެއް ސާފުނުވި ނަމަވެސް އެވެ. ހިޔާގެ އަށްވަނަ ޓަވަރުން ވެއްޓުނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ހުޅުމާލޭ ހޮސްޕިޓަލަށް އޭނާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. ފުލުހުން ދަނީ އެ ސަރަހައްދުގައި މިހާރު ހަރަކާތްތެރި ވަމުންނެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.









