Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިސްލާމީ ރިސާލަތަކީ ލޯތްބާއި ރަހުމަތުގެ ރިސާލަތެއް: ހުތުބާ

އިސްލާމީ ރިސާލަތަކީ ލޯތްބާއި ރަހުމަތުގެ ރިސާލަތެއް: ހުތުބާ

މުހައްމަދު ޖަމްޝަތު
304 ދުވަސް ކުރިން - 31 އޮކްޓޫބަރު 2025 13:09
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ މަސްޖިދު ހަސަން އާދަމްގައި ހުކުރު ނަމާދު ކުރުން---
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ މަސްޖިދު ހަސަން އާދަމްގައި ހުކުރު ނަމާދު ކުރުން---
ޚުލާސާ

ހުތުބާގައި ގޮވާލީ ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމާއި، ގެއްލުންތަކަށް މަގުފަހިވާ ކަންތައްތަކުން ދުރުހެލިވުމަށް

އިސްލާމީ ރިސާލަތަކީ މުޅި އިންސާނިއްޔަތަށް ހިދާޔަތު ދެއްވުމަށް މާތް ﷲ ފޮނުއްވި މަތިވެރި ރިސާލަތެއް ކަމަށާއި މި ރިސާލަތުގެ މައިގަނޑު އަސާސްތައް ބިނާވެފައިވަނީ ލޯތްބާއި ރަހުމާއި އޯގާތެރިކަމާއި، ހަމަޖެހުމާއި އަމާންކަމުގެ އަސާސުގެ މަތީގައި ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

"އިސްލާމީ ރިސާލަތަކީ ލޯތްބާއި ރަހުމަތުގެ ރިސާލަތެއް" މި ނަމުގައި މިއަދު ދިން ހުތުބާގައި ބުނީ އިސްލާމީ ރިސާލަތަކީ އެއްކައުވަންތަ ކަލާނގެއަށް އީމާންވުމާއި، އެކަލާނގެއަށް ކިޔަމަންތެރިވުމަށް ގޮވައިލާ ރިސާލަތެއް ކަމަށާއި މިއީ މުޅި އިންސާނިއްޔަތަށް ބާއްޖަވެރިކަން ގެނެސްދޭ، ރަހުމާއި ހަމްދަރުދީގެ ރިސާލަތު ކަމަށެވެ.

އަދި ބައެއް މީހުން އިސްލާމްދީނާ މެދު ދެކެނީ އެއްވެސް ރަހުމެއްނެތް ހަރުކަށި ދީނެއްގެ ގޮތުގައި ކަމަށާއި އިސްލާމް ދީނަށް ތަބާވާ މީހުންނަކީ އެއްވެސް އޯގާތެރިކަމެއްނެތް ހަރުކަށި ބަޔެއްގެ ގޮތުގައި ކަމަށް ބުންޏެވެ. އެހެނަސް ހަގީގަތުގައި އިސްލާމްދީނަކީ ރަހުމަތުގެ ދީން ކަމަށް ހުތުބާގައި ބުންޏެވެ.

Advertisement

Advertisement 1

ހުތުބާގައި ބުނެފައިވާގުން އިސްލާމްދީނަކީ ލޯތްބާއި، ހަމްދަރުދީއާއި، އޯގާވެރިކަމާއި، އަޅައިލުމާއި، ހެޔޮފޯރުވުމުގެ ދީނެވެ. މުޖުތަމައުގެ ހުރިހައި އަފުރާދުންގެ މެދުގައި ހެޔޮ ގޮތުގައި ގުޅުންތައް ބިނާކޮށް، ދެމެހެއްޓުމުގެ މައްޗަށް ބާރުއަޅާ ދީނެވެ. އެހެންކަމުން، އިސްލާމްދީނާ މެދު، މި ދީނުގެ އަދުއްވުން ކުރަހާފައިވާ ބިރުވެރި، އަނދިރި މަންޒަރަކީ ހަގީގަތާ ހިލާފަށް ކުރަހައިފައިވާ މަންޒަރެއް ކަމަށާއި ހަގީގަތުގައި އިސްލާމް ދީނަކީ އިންސާނިއްޔަތުގެ ދީން ކަމަށް ބުންޏެވެ. އަދި ހެޔޮކަމާއި އޯގާތެރިކަން ފެތުރުމަށް ގޮވައިލާ ފަރުދުންނާއި މުޖުތަމައުތަކުގެ މެދުގައި ސުލްހަވެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށް މަސައްކަތްކުރާ ދީން ކަމަށްވެސް ބުންޏެވެ.

އިސްލާމްދީނަކީ ހިތްތިރިކަމާއި މަޑުމައިތިރިކަމަށް ގޮވައިލާ ދީންކަމަށްވާއިރު އިސްލާމީ އުންމަތުގެ އަފުރާދުންނަކީ، އެއް ބަޔަކު އަނެއް ބަޔަކަށް ރަހުމްކުރާ، އޯގާތެރި، ބަޔަކަށްވުމަށް އިސްލާމްދީން ބާރުއަޅާ ކަމަށް ހުތުބާގައި ބުންޏެވެ. އަދި މި މަތިވެރި ސިފަތަކުގެ ސަބަބުން ދުނިޔަވީ އަމާންކަމާއި ހަމަޖެހުން ލިބި، އުހުރަވީ ބާއްޖަވެރިކަން ލިބޭ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. އެހެންކަމުން އެކުވެރިވެ، އެކަލާނގެ ދީނުގައި ވަރުގަދައަށް ހިފަހެއްޓުމަށް ހުތުބާގައި ވަނީ ގޮވާލައިފަ އެވެ. އަދި ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމާއި، ގެއްލުންތަކަށް މަގުފަހިވާ ކަންތައްތަކުން ދުރުހެލިވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ދީންއިސްލާމްހުކުރު ޚުޠުބާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން: ހުތުބާ

"މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން"

10 ދުވަސް ކުރިން - 13:25

ކޯޓަށް މައްސަލަ ނުދަންޏާ ޤާނޫނުތަކުގެ އިސްލާމްވަންތަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް: ރައީސް

ކޯޓަށް މައްސަލަ ނުދަންޏާ ޤާނޫނުތަކުގެ އިސްލާމްވަންތަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް: ރައީސް

16 ދުވަސް ކުރިން - 13:46

އިސްލާމްދީނާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވަން މަޖިލީހުގެ 3 ވަނަ ދައުރަށް ބޮޑު އިސްލާހެއް!

އިސްލާމްދީނާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވަން މަޖިލީހަށް ބޮޑު އިސްލާހެއް!

16 ދުވަސް ކުރިން - 13:22

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

17 ދުވަސް ކުރިން - 12:56

ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު: ހުތުބާ

"ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު"

24 ދުވަސް ކުރިން - 13:00

ކޮންމެ ނަފުސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއް؛ ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

31 ދުވަސް ކުރިން - 12:57