Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް! ޖުމްލަ ނުވަ އަހަރު

އައިޝަތު އީމާން
359 ދުވަސް ކުރިން - 30 އޮކްޓޫބަރު 2025 20:53
ބައްސާމް އަދީލް ޖަލީލް----ފޮޓޯ: މިހާރު
ބައްސާމް އަދީލް ޖަލީލް----ފޮޓޯ: މިހާރު
ޚުލާސާ

ދައުލަތުން އެދިފައިވަނީ 15 އަހަރަށް ބައްސާމް ޖަލަށް ލުމަށް. ނަމަވެސް ބައްސާމްގެ ފަރާތުން ލުއި އަދަބަކަށް އެދިފައިވާތީ ޣާޒީ ހުކުމް ކުރީ ފަސް އަހަރަށް.

އެފްއޭއެމްގެ ފައިސާގެ ތެރެއިން 10,000 ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގައި ހިޔާނާތުގެ ކުށް ސާބިތުވެ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް، އެ ފައިސާ ލޯންޑާކުރިކަމުގެ ތުހުމަތުގައި ކުށް ސާބިތުވެ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އިތުރު ފަސް އަހަރުގެ ޖަލުގެ ހުކުމެއް މިއަދު އިއްވައިފި އެވެ.

ދައުލަތުން ބައްސާމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވަނީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔެކިޔުންތައް ހުށަހަޅައިގެން އޭނާގެ އަމިއްލަ އެކައުންޓަށް އެ ފައިސާ ޖަމާކޮށް ހިޔާނާތްތެރިވި މައްސަލައިގަ އެވެ. މި ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެ ނިމިދިޔަ އޮގަސްޓް މަހު އޭނާގެ މައްޗަށް ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވެ އެ ފައިސާ މާރުކުރުމުގެ ބަދަލުގައި ރެހެންދި ގައި ހުންނަ އޭނާގެ ފުލެޓަށް ކުލި ދައްކަން ބޭނުންކުރި ކަމަށް ބުނެ ދައުލަތުން ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލާފަ އެވެ. އެ ފައިސާ ލޯންޑާކުރި ކަމުގެ ކުށުގެ ހުކުމް މިއަދު އިއްވާފައިވާއިރު ކްރިމިނަލް ކޯޓުގެ ޣާޒީ އިސްމާއިލް ޝަފީއު ވަނީ އޭނާގެ މައްޗަށް ފަސް އަހަރު ދުވަހުގެ ހުކުމެއް އިއްވާފަ އެވެ.

Advertisement

Advertisement 1

ޣާޒީ އިސްމާއިލް ޝަފީއު ކުރެއްވި ހުކުމުގައި ވަނީ ބައްސާމް އެ ފައިސާ ބޭނުންކޮށްގެން ހިޔާނާތްތެރިވެފައިވާ ކަމަށް ޝާރީއަތަށް ސާބިތުވާ ކަމަށާއި، އެއީ ހިޔާނާތުގެ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން ވެސް ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި އެ ފައިސާ ބޭނުންކޮށްގެން ބައްސާމްގެ އަމިއްލަ ދިރިއުޅުމުގެ ހަރަދުތައް ކޮށްފައިވާ ކަމަށް ވެސް ދައުލަތުގެ ފަރާތުން ސާބިތުކޮށްފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ދައުލަތުން ޝަރީއަތުގައި އެދިފައިވަނީ އެކަމަށް އޮންނަ އެންމެ ބޮޑު އަދަބު ކަމަށްވާ 15 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. ނަމަވެސް ބައްސާމްގެ ފަރާތުން ލުއި އަދަބަކަށް އެދިފައިވާތީ ޣާޒީ ނިންމެވީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަކާއެކު 154،000 ރުފިޔާ އިން ޖޫރީމަނާ ކުރުމަށެވެ. ޖޫރިމަނާގެ ފައިސާ ހަ މަސް ދުވަސް ތެރޭ ދެއްކުމަށް އޭނާގެ މައްޗަށް އަމުރު ކޮށްފައިވެ އެވެ.

ބައްސާމް ހިޔާނާތްތެރިވި 10،000 ޑޮލަރު އޭނާގެ އަތުން ނެގުމަށް ދައުލަތުން ޝަރީއަތުގައި އެދިފައިވެ އެވެ. ނަމަވެސް އެ ފައިސާ ބައްސާމްގެ އެކައުންޓުގައި ހުރިކަން ދައުލަތުން ޔަގީންކޮށްދެވިފައި ނުވާތީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ޣާޒީ ކަނޑައެޅުއްވި އެވެ.

ބައްސާމް އަދީލް ޖަލީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1 މިލިއަން ސްވިސް ފްރޭންކުން ޖޫރިމަނާކޮށްފި

ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1 މިލިއަން ސްވިސް ފްރޭންކުން ޖޫރިމަނާކޮށްފި

43 ދުވަސް ކުރިން - 21:26

ބައްސާމް އަލުން ޖަލަށް ބަދަލުކޮށްފި

ބައްސާމް އަލުން ޖަލަށް ބަދަލުކޮށްފި

221 ދުވަސް ކުރިން - 14:57

ފުޓްބޯޅަސްކޫލް ޕްރޮޖެކްޓުން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

ފުޓްބޯޅަސްކޫލް ޕްރޮޖެކްޓުން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

233 ދުވަސް ކުރިން - 16:47

އަމިން ކުންފުންޏަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފްކޮށްފި

އަމިން ކުންފުންޏަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފްކޮށްފި

236 ދުވަސް ކުރިން - 15:49

އެފްއޭއެމްގެ ހިޔާނާތުގެ ތުހުމަތުވާ އަގީލް ބެންކޮކުން ހައްޔަރުކޮށްފި

އެފްއޭއެމްގެ ހިޔާނާތުގެ ތުހުމަތުވާ އަގީލް ބެންކޮކުން ހައްޔަރުކޮށްފި

267 ދުވަސް ކުރިން - 17:17

ހިޔާނާތުގެ މައްސަލައިގައި ބައްސާމަށް ކުރި ހުކުމް އިސްތިއުނާފުކޮށްފި

ހިޔާނާތުގެ މައްސަލައިގައި ބައްސާމަށް ކުރި ހުކުމް އިސްތިއުނާފުކޮށްފި

279 ދުވަސް ކުރިން - 22:17