Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހިޔާނާތުގެ މައްސަލައިގައި ބައްސާމަށް ކުރި ހުކުމް އިސްތިއުނާފުކޮށްފި

ހިޔާނާތުގެ މައްސަލައިގައި ބައްސާމަށް ކުރި ހުކުމް އިސްތިއުނާފުކޮށްފި

މުހައްމަދު ޖަމްޝަތު
184 ދުވަސް ކުރިން - 18 ޖެނުއަރީ 2026 22:17
ބައްސާމް. އެފްއޭއެމް ފައިސާގެ މައްސަލާގައި އޭނާ ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްވި ހުކުމް ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ---
ބައްސާމް. އެފްއޭއެމް ފައިސާގެ މައްސަލާގައި އޭނާ ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްވި ހުކުމް ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ---
ޚުލާސާ

އެފްއޭއެމް ފައިސާގެ މައްސަލައިގައި ބައްސާމަށް ކުރެވޭ އެކި ދައުވާތަަކަށް ކްރިމިނަލް ކޯޓުން ވަނީ ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަންގެ ފައިސާތަކަކަށް ހިޔާނާތްތެރިވި މައްސަލާގައި ހަތަރު އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ބައްސާމުގެ ފަރާތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުގަ އެވެ. ނަމަވެސް އެ އިސްތިއުނާފީ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

ބައްސާމްގެ މައްޗަށް ދައުލަތުން ދައުވާކުރީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެހެން ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ. ޕީޖީ އޮފީހުން ބުނާގޮތުން، މި ފައިސާގެ ތެރެއިން 1,910 ޑޮލަރު ވަނީ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު، ބައްސާމް އަދި އޭނާގެ އަނބިކަނބަލުން އާމިނަތު މައުރީނާ ހިއްސާވާ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށްފަ އެވެ.

Advertisement

Advertisement 1

މި މައްސަލާގައި ދައުލަތުން ބައްސާމުގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފަ އެވެ. އެއީ ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ތުހުމަތުގެ ދައުވާތަކެެވެ.

ބައްސާމް އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާ ހަތަރު އަހަރަށް ޖަލަށް ލުމަށެވެ.

އެ މައްސަލާގައި މަނީ ލޯންޑްރިންގެ ދައުވާ ވެސް ބައްސާމްގެ މައްޗަށް ސާބިތުވެފައިވެ އެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން ބައްސާމްގެ މައްޗަށް އިއްވީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. އެ މައްސަލަ މިހާތަނަށް ހައި ކޯޓަށް ބައްސާމްގެ ފަރާތުން ހުށަހަޅާފައެއް ނުވެ އެވެ.

އޭގެ އިތުރުން ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި މައްސަލާގައި ވެސް ބައްސާމްގެ މައްޗަށް ކްރިމިނަލް ކޯޓުން މި މަހުގެ ކުރީކޮޅު ވަނީ ހުކުމް އިއްވައިފަ އެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ކުރި ހިޔާނާތާއި މަނީލޯންޑްރިން ކުށުގެ ދައުވާ ސާބިތުވެ ޖުމްލަ 23 އަހަރުގެ ޖަލު ހުކުމަކާ އެކު، 44.7 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވެ އެވެ. އަދި އެފްއޭއެމްއިން ޑޮލަރު މާރުކުރަން ކަމަށް ބުނެ ނެރުނު 1.2 މިލިއަން ޑޮލަރަކީ އެފްއޭއެމްއަށް ލިބެން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ހަލާސްކުރަން ބައްސާމްގެ މައްޗަށް އަމުރުކުރި އެވެ.

ބައްސާމް އަދީލް ޖަލީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވަގުތީ ގޮތުން ގެއަށް ބަދަލުކުރުމަށްފަހު ބައްސާމް އަލުން ޖަލަށް ބަދަލުކޮށްފި

ބައްސާމް އަލުން ޖަލަށް ބަދަލުކޮށްފި

127 ދުވަސް ކުރިން - 14:57

ހުޅުމާލޭ ފުޓްބޯޅަ ސްކޫލްގެ ބިން ބޭނުންކޮށްގެން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

ފުޓްބޯޅަސްކޫލް ޕްރޮޖެކްޓުން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

139 ދުވަސް ކުރިން - 16:47

އަމިން ކުންފުނީގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

އަމިން ކުންފުންޏަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފްކޮށްފި

142 ދުވަސް ކުރިން - 15:49

އެފްއޭއެމްގެ ހިޔާނާތުގެ ތުހުމަތުވާ އަގީލް ބެންކޮކުން ހައްޔަރުކޮށްފި

އެފްއޭއެމްގެ ހިޔާނާތުގެ ތުހުމަތުވާ އަގީލް ބެންކޮކުން ހައްޔަރުކޮށްފި

173 ދުވަސް ކުރިން - 17:17

އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ނިންމީ ގާނޫނާ ހިލާފަށް: ޕީޖީ

"އަމީން ކޮންސްޓްރަކްޝަނަށް ދައުވާ ސާބިތުނުވީ ގާނޫނާ ހިލާފަށް"

197 ދުވަސް ކުރިން - 16:53

ބައްސާމް އިތުރު 23 އަހަރަށް ޖަލަށްލައި، 44 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ބައްސާމް އިތުރު 23 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

197 ދުވަސް ކުރިން - 16:03