ބޮޔެއް އޮޔާދާތީ ސަމާލުވާން އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 36 ދުވަސް ކުރިން - 30 އޮކްޓޯބަރު 2025 18:57
އެމްއެންޑީއެފް ގެ ކޯސްޓް ގާޑް---ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފް ގެ ކޯސްޓް ގާޑް---ފޮޓޯ: އެމްއެންޑީއެފް
ޚުލާސާ

އެމްއެންޑީއެފް އިން ބުނެފައިވަނީ ބޮއި އޮޔާދަނީ އަލިހުރަސްކަނޑުން ކަމަށް.

އަލިހުރަސް ކަނޑުތެރެއިން ބޮޔެއް އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އެ ބޮއި އޮޔާދަނީ އަލިހުރަސް ކަނޑުތެރެއިން ވާދޫ ކަނޑާ ދިމާލަށް ހުޅަނގުން އިރަށް ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އިލްތިމާސް ކުރާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ. ހާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%