Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އާމްދަނީ އިތުރުކުރުމަށް ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކުގެ ފުރިހަމަ އަސަރު ފެންނާނީ އަންނަ އަހަރު: މިނިސްޓަރު

އާމްދަނީ އިތުރުކުރުމަށް ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކުގެ ފުރިހަމަ އަސަރު ފެންނާނީ އަންނަ އަހަރު: މިނިސްޓަރު

މުހައްމަދު ޖަމްޝަތު
303 ދުވަސް ކުރިން - 30 އޮކްޓޫބަރު 2025 18:26
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު 2026 ވަަނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަނީ---ފޮޓޯ: މަޖިލިސް އިދާރާ
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު 2026 ވަަނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަނީ---ފޮޓޯ: މަޖިލިސް އިދާރާ
ޚުލާސާ

އާމްދަނީ އިތުރުކުރުމުގެ އިތުރު ސިޔާސަތުތަކެއް ބަޖެޓުގައި ކަނޑައަޅާފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވި

ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މި އަހަރު ސަރުކާރުން ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތު ތަކުގެ ފުރިހަމަ އަސަރު އަންނަ އަހަރު ފެންނާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅައިދެއްްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ އާމްދަނީ އިތުރުކުރުމުގެ އިތުރު ސިޔާސަތެއް މި އަހަރުގެ ބަޖެޓާއެކު ހުށަހަޅާފައެއް ނުވާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އިގުތިސާދުގެ ވަރުގަދަ ބިންގާގެ މައްޗަށް ބިނާކޮށް، 2026 ވަނަ އަހަރު ދައުލަތަށް ލިބޭ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 40.4 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށާއި މިއީ މިއަހަރަށް ލިބޭނެކަމަށް ލަފާކުރާ 37.9 ބިލިއަން ރުފިޔާގެ އާމްދަނީއަށްވުރެ 6.6 ޕަސެންޓްގެ އިތުރުވުމެއް ކަމަށެވެ.

"2025 ވަނަ އަހަރު އާމްދަނީ އިތުރުކުރުމަށް ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކުގެ ފުރިހަމަ އަސަރު 2026 ވަނަ އަހަރު ފެނިގެންދާނެ. ފާއިތުވި އަހަރުތަކުގައި ގިނަ ޓެކުހާއި ފީގެ ރޭޓްތަކަށް ބަދަލުގެނެސްފައިވާ އިރު، އާމްދަނީ އިތުރުކުރުމުގެ އިތުރު ސިޔާސަތެއް މި އަހަރުގެ ބަޖެޓާއެކު ހުށަހަޅާފައެއް ނުވާނެ،" ޒަމީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

މިނިސްޓަރު ވިދާޅުވީ ޓެކުހާއި ގުޅޭ ގާނޫނުތަކަށް ގެނައި އިސްލާހުތައް ތަންފީޒުކުރުމުގެ ފުރިހަމަ ބާރުތައް ތަންފީޒީ އިދާރާތަކަށް ލިބިގެންދިއުމާއެކު މިހާރު އެފަރާތްތަކަށް ދިމާވެފައިވާ ގާނޫނީ ގޮންޖެހުންތަކަށް އެކަށޭނަ ހައްލު ލިބޭނެ ކަމަށާއި ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާ ހޯދުމުގެ މަގުވެސް ފަހިވެގެންދާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ޓެކުހުގެ އާމްދަނީގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭއިރު ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ 8.7 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 2026 ވަނަ އަހަރާއި 2028 ވަނަ އަހަރާދެމެދު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން އެވަރެޖްކޮށް 4.9 ޕަސެންޓުގައި ހުންނާނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

ބަޖެޓް 2026މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްމިނިސްޓަރު މޫސާ ޒަމީރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނިމިދިޔަ އެމްޑީޕީގެ ދައުރުގައި، ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މުވައްޒަފުންގެ އަދަދުވަނީ 97 އިންސަތަ އިތުރުވެފަ: މާލީ ވަޒީރު

ކުރީ ސަރުކާރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 97% އިތުރުވެފަ

11 ދުވަސް ކުރިން - 11:13

ރަސްމީ ޑޮލަރު ރިޒާވްގައި 638 މިލިއަން ޑޮލަރުގައި، ސަބަބަކީ ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ވިއްކި މިންވަރު އިތުރުވުން

ޖުލައި މަހު ރަސްމީ ރިޒާވް 638 މިލިއަން ޑޮލަރަށް

12 ދުވަސް ކުރިން - 13:11

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީ އާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

13 ދުވަސް ކުރިން - 21:15

މިއަހަރު ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީގެ 60 އިންސައްތަ ލިބިއްޖެ

މިއަހަރު ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީގެ 60 އިންސައްތަ ލިބިއްޖެ

27 ދުވަސް ކުރިން - 16:07

ސަބްސިޑީގެ ހޭދަ ބޮޑުވީ ރައްޔިތުންގެ އަތުން ހޭދަކުރެންޖެހޭ ވަރު ބޮޑު ނުކޮށް އިރާނު ހަނގުރާމައިގެ އަސަރުން އިޤްތިސާދަށް ކުރި އަސަރު މެނޭޖްކުރުމަށް

ސަބްސިޑީގެ ހޭދަ ބޮޑުވީ އީރާނު ހަނގުރާމައިގެ ލޮޅުމުން ރައްޔިތުން ސަލާމަތްކުރުމަށް

39 ދުވަސް ކުރިން - 20:36

ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަނަށް: އެންމެ ބޮޑު ހަރަދެއް ތެލާއި ކަރަންޓު އަގުބޮޑުވިޔަނުދީ ހިފެހެއްޓުމަށް

ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަނަށް އަރައިފި

39 ދުވަސް ކުރިން - 18:41