Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަގީރުންގެ ފުލްޓުތަކުގެ ޑައުންޕޭމަންޓް ޒަކާތު ފަންޑުން ދައްކަނީ

ފަގީރުންގެ ފުލްޓުތަކުގެ ޑައުންޕޭމަންޓް ޒަކާތު ފަންޑުން ދައްކަނީ

އައިޝަތު ރުވާ ރިފްޢަތު
310 ދުވަސް ކުރިން - 30 އޮކްޓޫބަރު 2025 14:58
ސަރުކާރުން އަޅާފައިވާ 4،000 ހައުސިން ޔުނިޓް.
ސަރުކާރުން އަޅާފައިވާ 4،000 ހައުސިން ޔުނިޓް.
ޚުލާސާ

14 ފަރާތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ޖުމުލަ 340،000 ރުފިޔާ ޒަކާތު ފަންޑުން ދައްކައިދޭނެ.

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް ފަރާތްތަކަށް ސޯޝަލް ހައުސިންގެ ފުލެޓުތަކަށް ޑައުންޕޭމަންޓް ދައްކަން އުނދަގޫވެފައިވާތީ އެ ފަރާތްތަކުގެ ޑައުންޕޭންޓް ރާއްޖޭގެ ޒަކާތު ފަންޑުން ދައްކައިދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ޒަކާތު ފަންޑުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފަގީރުންނާއި މިސްކީނުންގެ ލިސްޓުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކެއް ފުލްޓުތަކުގެ ޑައުންޕޭމަންޓު ނުދެއްކިގެން އުޅޭ ކަމަށް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެހެންކަމުން އެ އިދާރާގެ ކައުންސިލަށް އެ މައްސަލަ ހުށަހަޅައި މަޝްވަރާކުރުމަށްފަހު 14 ފަރާތަކަށް ޖުމްލަ 340،000 (ތިން ލައްކަ ސާޅީސް ހާސް) ރުފިޔާ އެ ފަންޑު މެދުވެރިކޮށް ދައްކަން ނިންމާފައިވާ ކަމަށެވެ.

އެ އިދާރާއިން ބުނެފައިވަނީ ޑައުންޕޭމަންޓަށްވާ އެ ފައިސާ ފުލެޓް ލިބުނު ފަރާތްތަކުގެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި ދައްކާނީ ކަމާގުޅުންހުރި އިދާރާއަށް ކަަމަށެވެ. އެއަށްފަހު އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލުތަކަށް ބެލުމަށްފަހު ފަގީރުކަމުގެ ހާލަތު އަލުން ރިވިއު ކުރާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.

Advertisement

Advertisement 1

ޒަކާތު ފަންޑަކީ ފަގީރުންގެ ކަންކަމަށް ފުޅާ ދާއިރާއެއްގައި ހޭދަކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ އިދާރާ އެވެ. މި އިދާރާ އުފައްދާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި އިދާރާގެ މައިގަނޑު މަގްސަދަކީ ފަގީރުކަމުގައި ތިބި ފަރާތްތައް ތަނަވަސް ހާލަތަކަށް ގެނައުމެވެ.

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް "ޒަކާތު ބެނެފިޝަރީ ކާޑެއް" ތައާރަފް ކުރުމަށް އެ އިދާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ކާޑު ތައާރަފް ވުމުން ސިއްހީ ހިދުމަތްތައް އާސަންދައިގެ ދަށުން ކަވަރުނުކުރާ ހަރަދުތައް ކަވަރުކޮށްދިނުމާއި، ރަމަޟާންމަހު ކާބޯތަކެތި ގަތުމަށާއި، ބޯހިޔާވަހިކަމާއި އަދި ތައުލީމާ ގުޅުންހުރި އެހީތައް ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ލިބިގެންދާނެ އެވެ.

މި ކަންތައްތަކަކީ އިސްލާމީ ދުނިޔޭފައި ޒަކާތާ ބެހޭ މުއައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އަސާސީ ކަންކަން ކަމުގައި ޒަކާތު ފަންޑުން ފާހަގަކޮށްފައިވެ އެވެ.

ޒަކާތު ހައުސްފްލެޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައީސްގެ އިރުޝާދާއި އެކު ފުލެޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީ

ރައީސްގެ އިރުޝާދާއި އެކު ފުލެޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީ

2 ދުވަސް ކުރިން - 10:44

މިއަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 17.3 މިލިއަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 17.3 މިލިއަން ރުފިޔާ

5 ދުވަސް ކުރިން - 13:12

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

27 ދުވަސް ކުރިން - 10:27

ޒަކާތު ހައުސްގެ މަތީ ތައުލީމުގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ޒަކާތު ހައުސްގެ މަތީ ތައުލީމުގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

51 ދުވަސް ކުރިން - 19:48

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

55 ދުވަސް ކުރިން - 22:51

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ: ޝަޒީމް

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ

105 ދުވަސް ކުރިން - 13:45