ސްޓްލްކޯއިން ތުލުސްދޫގައި ގާއިމްކުރި ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑަމީ ހުޅުވައިފިއެވެ.
މި އެކެޑަމީ ހުޅުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކ. އަތޮޅުގެ ތިންރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަދު ތުލުސްދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެކެޑެމީ ހުޅުވައިދެއްވީވެސް އެމަނިކުފާނެވެ.
ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑަމީއަކީ އިންޖިނިއަރިންގެ ދާއިރާއަށް ޝައުގުވެރިކަން އިތުރުކޮށް، އެ ދާއިރާއިން މީހުން ބިނާކުރުމުގެ ތެރެއިން، ރާއްޖޭގައި ދެވޭ އިންޖިނިއަރިން އާ ގުޅޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސްޓެލްކޯއިން ގާއިމުކޮށްފައިވާ މަރުކަޒެކެވެ.
ރައީސް ޑރ. މުއިއްޒު، ތުލުސްދޫގައި ގާއިމުކުރި ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީ ހުޅުވައިދެއްވަނީ---ފޮޓޯ:ރައީސް އޮފީސް
މި މަރުކަޒުގައި ސްޓޭލްކޯގެ ތަޖުރިބާކާރުންގެ އިތުރުން ބައެއް އިލްމީ މުއައްސަސާތަކުންވެސް ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ. ތުލުސްދޫގައި ގާއިމްކޮށްފައިވާ ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކެޑެމީގައި ކްލާސްރޫމްތަކާއި، ވޯކްޝޮޕަކާއި، ލެބޯޓްރީއެއްގެ އިތުރުން އެކޮމޮޑޭޝަން ހިމެނެއެވެ.
މީގެ އިތުރުން ޗައިނާ ކުންފުންޏަކުން ހަދިޔާކުރި 200،000 އެމެރިކާ ޑޮލަރުގެ އަގުހުރި ވަސީލަތްތަކާއި އާލާތްތަކާއެކު އިއާދަކުރަނިވި ހަކަތައިގެ ލެބޯޓްރީއެއް މި މަރުކަޒުގައި ވަނީ ގާއިމްކޮށްފަ އެވެ. މި މަރުކަޒުގައި އެއްފަހަރާ 50 ކުދިންނަށް ތަމްރީނު ދެވޭނެ ވަސީލަތްތަކާއެކުގަ އެވެ.
ތުލުސްދޫގައި ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީއެއް ހުޅުވުމަށް ސަރުކާރުން ވަނީ ފަސް މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.






