Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވެރިކަމަށް 2 އަހަރުނުވަނީސް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސް މުއިއްޒު ވަޑައިގެންފި

ވެރިކަމަށް 2 އަހަރުނުވަނީސް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސް މުއިއްޒު ވަޑައިގެންފި

މުހައްމަދު ޖަމްޝަތު
306 ދުވަސް ކުރިން - 28 އޮކްޓޫބަރު 2025 18:05
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކ. ތުލުސްދުއަށް ވަޑައިގެން ރައްޔިތުންނާއި ސަލާމްކުރައްވަނީ---ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކ. ތުލުސްދުއަށް ވަޑައިގެން ރައްޔިތުންނާއި ސަލާމްކުރައްވަނީ---ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

މިއީ ރެކޯޑެއް. މީގެ ކުރިން އެއްވެސް ވެރިއަކު މިހާ ކުރު މުއްދަތެއްގެ ތެރޭގައި ހުރިހާ ރަށަކަށް ވަޑައިގެންފައެއް ނުވޭ

ވެރިކަމަށް ދެ އަހަރު ނުވަނީސް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންފި އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށް ވަޑައިގެންނެވުނުކަން ރައީސް އިއުލާންކުރެއްވީ ކ. ތުލުސްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާފައި މިވަނީ ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސް ތެރޭގައެވެ. މީގެ ކުރިން އެއްވެސް ވެރިއަކު މިހާ ކުރު މުއްދަތެއްގެ ތެރޭގައި ހުރިހާ ރަށަކަށް ވަޑައިގެންފައެއް ނުވެއެވެ.

ތުލުސްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމަށް ދެ އަހަރުވުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދެވިއްޖެކަމަށާއި 64 ރަށަކަށް ދެވަނަ ފަހަރަށް ޒިޔާރަތްކުރެވިއްޖެ ކަމަށެވެ. އަދި ދެވަނަ ފަހަރަށް 148 ކައުންސިލަކާ ބައްދަލުކޮށްފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement 1

ރައީސް ވިދާޅުވީ އަބަދުވެސް ސިޔާސަތަކީ ރައްޔިތުންގެ ގާތަށް ވަޑައިގެން، ހިޔާލު ހޯއްދަވައިގެން، ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީ ގެނެސްދިނުން ކަމަށެވެ. އަދި ސަރުކާރު އިދާރާތަކުގެ ވެރިންނާއި ކައުންސިލްތަކާއި މުއައްސަސާތަކުގައި ތިބި ވެރިންގެ ގާތަށް އައިސް، ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރުމަކީ އެމަނިކުފާނުގެ ސިޔާސަތުކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ބައްޓަންކުރަން ފަސޭހަވެގެންދޭ. މިސާލަކަށް ސިޓީ ފޮނުވުން. ސިޓީއަށް ޖަވާބު އަންނަން ދެން އެތައް ދުވަހަކު އެބަ މަޑުކުރަންޖެހޭ. ނަމަވެސް ރައްޔިތުންގެ ގާތަށް ދިއުމުން އަވަހަށް އެކަން ކުރެވޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގަތީ ރައްޔިތުންގެ ގާތަށް އައިސް، ހަލުވި ދުވެލީގައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށްގެންދިއުމަށް ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުތަކުގައި، ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާ، އެކި ކަންކަމުގައި ރައްޔިތުންގެ ފަރާތުން ހިއްސާކުރެއްވި ވާހަކަތައް އަޑުއެއްސެވިއެވެ.

މި ދަތުރުފުޅުތަކުގައި ބައެއް މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދުތައް، ރައީސްގެ އަރިހުގައި ވަޑައިގެންނެވި އެވެ. އެ ވަފުދުތަކުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މައުލޫމާތު ފޯރުކޮށްދެއްވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައީސް ޑރ. މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ: ޝިޔާމް

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

10 ގަޑިއިރު ކުރިން - 20:10

ރާއްޖޭގައި އިންޖިނިއަރިން ދާއިރާއިން ދިރާސާތައް ކުރެވޭނެ އެންމެ މަތީ ފެންވަރުގެ ލެބޯޓަރީއެއް ގާއިމުކުރަން ނިންމަވައިފި

އިންޖިނީރިންގެ ދާއިރާއިން ތަހުލީލާއި ދިރާސާކުރާނެ ލެބޯޓާރީއެއް ގާއިމުކަރަނީ

10 ގަޑިއިރު ކުރިން - 19:52

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި: މުޅި މަޝްރޫއު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި

10 ގަޑިއިރު ކުރިން - 19:49

އިންޖިނީރިންގއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

އިންޖިނީރިންގްއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

18 ގަޑިއިރު ކުރިން - 11:32

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

1 ދުވަސް ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

1 ދުވަސް ކުރިން - 08:31