Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަތޮޅުތެރޭގެ އޭޓީއެމްތަކުން ދުވާލަކު 9 ހާހަށްވުރެ ގިނަ މުއާމަލާތް، ދައުރުވާ ފައިސާ 25.7 މިލިއަނަށް އަރާ!

އަތޮޅުތެރޭގެ އޭޓީއެމްތަކުން ދުވާލަކު 9 ހާހަށްވުރެ ގިނަ މުއާމަލާތް، ދައުރުވާ ފައިސާ 25.7 މިލިއަނަށް އަރާ!

މުހައްމަދު ޖަމްޝަތު
266 ދުވަސް ކުރިން - 28 އޮކްޓޫބަރު 2025 14:11
އއ. މާޅޮހުގައި ގާއިމުކުރި އޭޓީއެމް، ރައީސް ޑރ. މުއިއްޒު ހުޅުވައިދެއްވަނީ---ފޮޓޯ: ރައީސް އޮފީސް
އއ. މާޅޮހުގައި ގާއިމުކުރި އޭޓީއެމް، ރައީސް ޑރ. މުއިއްޒު ހުޅުވައިދެއްވަނީ---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިނިސްޓަރު ސައީދު ހާމަކުރެއްވި ގޮތުގައި މި އަހަރު އެކަނިވެސް 130 ރަށެއްގައި ވަނީ އޭޓީއެމް ގާއިމުކޮށްފަ. އޭޓީއެމް ގާއިމުނުކޮށް ހުރީ އެންމެ 2 ރަށެއްގައި

އަތޮޅުތެރޭގެ އޭޓީއެމްތަކުން ދުވާލަކު 9،300 މުއާމަލާތްކުރެވޭ ކަމަށާއި، ދައުރުވާ ފައިސާގެ އަދަދު 25.7 މިލިއަން ރުފިޔާއަށް އަރާ ކަމަށް އިކޮނޮމިކް އެންޓް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު ސައީދާއި މިއަދު މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ "މުޅި ރާއްޖޭގައި އޭޓީއެމް ހިދުމަތް" މަޝްރޫއާ ގުޅޭގޮތުން ވާހަކަަދައްކަވައިފަ އެވެ. މި މަޝްރޫއަކީ މިދިޔަ އަހަރު ނޮވެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ބޭންކް އޮފް މޯލްޑިވްސްއިން ފެށި ހާއްސަ މަޝްރޫއެކެވެ.

މިނިސްޓަރު ސައީދު ރާއްޖޭގެ އޭޓީއެމްގެ ވިއުގަ ފުޅާކޮށްފައިވާ މިންވަރާއި، އެކަމުގެ ސަބަބުން އިގުތިސާދަށް އަންނަ މުހިންމު ބަދަލުތަކުގެ ތަފާސްހިސާބުތައް ހާމަކުރައްވައިފިއެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ އޭޓީއެމްގެ ހިދުމަތް ނުލިބި މިހާރު ރާއްޖޭގައި އޮތީ އެންމެ ދެ ރަށް ކަމަށެވެ.

Advertisement

Advertisement 1

"2024ގެ ކުރިން އޭޓީއެމް ބެހެއްޓިފައިވަނީ 72 ރަށެއްގައި. 2024ގަ އިތުރު 9 ރަށެއްގައި އޭޓީއެމްތައް ބެހެއްޓިފައިވާއިރު، މިއަހަރުގެ މިހާތަނަށް 130 ރަށެއްގައި އޭޓީއެމްތައް ބެހެއްްޓި 180 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށާފަ. މިއާއެކު އޭޓީއެމްގެ ހިދުމަތް ނުލިބޭ މިހާރު އިނީ އެންމެ 2 ރަށް،" ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރަށްރަށުގައި އޭޓީއެމްތައް ބެހެއްޓުމުގެ ސަބަބުން އިގުތިސާދީ ގޮތުން މުހިންމު ކުރިއެރުންތަކެއް ފެނިފައިވާ ކަމަށެވެ. އެގޮތުން އޭޓީއެމްތައް މެދުވެރިކޮށް 230،000 މުއާމަލާތް ކުރެވިފައިވާއިރު، ޖުމްލަ 203 މިލިއަން ރުފިޔާ އޭޓީއެމްތަކަށް ޖަމާކުރެވިފައިވާ ކަމަށް ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށް ވިދާޅުވި އެވެ. އަދި މި ފައިސާ ބޭންކިން ނިޒާމުގެ ތެރެއަށް ވަނުމަކީ މާލީ ދުވެލި ރަނގަޅުވުމަށް ލިބުނު ބާރެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ބީއެމްއެލްގެ ވިއުގަ ބޭނުންކޮށްގެން ދުވާލެއްގެ މައްޗަށް ކުރެވޭ މުއާމަލާތްތަކުގެ އަދަދުތައް ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މާލެ ސިޓީގައި ދުވާލަކު 14،000 މުއާމަލާތް ކުރެވޭއިރު، 79 މިލިއަން ރުފިޔާ ދައުރުވާ ކަމަށެވެ. އަދި އަތޮޅުތެރޭގައި ދުވާލަކު 9،300 މުއާމަލާތް ކުރެވޭއިރު، 25.7 މިލިއަން ރުފިޔާ އޭޓީއެމްތައް މެދުވެރިކޮށް ދައުރުވާ ކަމަށް ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި މަސައްކަތް ކުރައްވަނީ ހާއްސަ މަގުސަދެއްގައި ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނު ވަޑައިގަންނަވާ ކޮންމެ ރަށެއްގައި އޭޓީއެމްތައް އެ ހުޅުވަނީ ވަރަށް މާތް މަގުސަދެއްގައި. ފައިނޭންޝިއަލް އިންކްލޫސިވްއަކީ މިގޮތަށް ކަނޑުން ބައިބައިވެފައި ވަރަށް މުހިންމު ކަމެއް. ރަށްރަށުގެ ރައްޔިތުން ވަރަށް ލޯތްބާއެކު މިކަން ގަބޫލުކުރޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މުހައްމަދު ސައީދުމިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

7 ދުވަސް ކުރިން - 13:08

ޕޯޓުގެ މައްސަލައަށް ރައީސް މުއިއްޒުގެ ސަރުކާރުން ދާއިމީ ހައްލެއް ހޯދައިދޭނެ: މިނިސްޓަރު ސައީދު

ޕޯޓުގެ މައްސަލައަށް ރައީސް މުއިއްޒުގެ ސަރުކާރުން ދާއިމީ ހައްލެއް ހޯދައިދޭނެ: ސައީދު

8 ދުވަސް ކުރިން - 21:20

އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން: ސައީދު

"އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން"

11 ދުވަސް ކުރިން - 16:25

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

14 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

14 ދުވަސް ކުރިން - 10:45

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

20 ދުވަސް ކުރިން - 12:10