Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހައްގުވެރިންނަށް ފުލެޓް ނުދެވޭނަމަ ފުލެޓް އެޅުމުގެ ބޭނުމެއް ނެތް: މެމްބަރު ޝާހިދު

ހައްގުވެރިންނަށް ފުލެޓް ނުދެވޭނަމަ ފުލެޓް އެޅުމުގެ ބޭނުމެއް ނެތް: މެމްބަރު ޝާހިދު

މުޙައްމަދު ޖިނާން ހުސައިން ޖަބީން
305 ދުވަސް ކުރިން - 28 އޮކްޓޫބަރު 2025 14:25
މެމްބަރު ޝާހިދު. ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންކަން ސަރުކާރުގެ އިދާރާތަކުން ކުރުމުގެ ބަދަލުގައި އެހެން ބަޔަކަށް އެ މަސައްކަތް ދޫކޮށްލަން ފެނިވަޑައިގަންނަވާ ކަމަށް މެމްބަރު ޝާހިދު ވިދާޅުވި--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މެމްބަރު ޝާހިދު. ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންކަން ސަރުކާރުގެ އިދާރާތަކުން ކުރުމުގެ ބަދަލުގައި އެހެން ބަޔަކަށް އެ މަސައްކަތް ދޫކޮށްލަން ފެނިވަޑައިގަންނަވާ ކަމަށް މެމްބަރު ޝާހިދު ވިދާޅުވި--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތަށް ފާޑު ވިދާޅުވެ މެމްބަރު ޝާހިދު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލަތައް ދިމާވާން މެދުވެރިވީ ސަބަބަކީ ބައެއް ފަރާތްތަކުން އެކަން ސިޔާސީކުރުމުން ކަމަށް

ބޯހިޔާވަހިކަން އޭގެ ހައްގުވެރިންނަށް ފޯރުކޮށް ނުދެވޭ ކަމަށް ވަނީނަމަ ފުލެޓް އެޅުމުގެ ބޭނުމެއް ނެތްކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

މެމްބަރު ޝާހިދު މި މޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މެމްބަރު ޝާހިދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ރައްޔިތުންނަށް އަސާސީ ހައްގުގެ ތެރެއިން އެންމެ އިސްކަމެއް ދޭ އެއްކަމަކީ ބޯހިޔާވަހިކަމުގެ ހައްގު ކަމަށެވެ. އެހެންނަމަވެސް ވޭތުވެދިޔަ ސަރުކާރުތަކުގައި ސިޔާސީ މަގުސަދު ހާސިލުކުރުމަށް ބޯހިޔާވަހިކަމުގެ ނާޖާއިޒު ފައިދާ ނަގާފައިވާ ކަމަށް މެމްބަރު ޝާހިދު ވިދާޅުވި އެވެ.

"އެގޮތަށް ބާލާއިރުގައި ފުރުތަމަވެސް އަޅުގަނޑު ފާހަގަކޮށްލަނަން އެއް ބަޔަކު ކިޔާފާނެ ހިޔާ ފުލެޓޭ، އަނެއް ބަޔަކު ކިޔާފާނެ ބިންވެރިޔާ ސްކީމޭ އަނެއް ބަޔަކު ކިޔާފާނެ ގެދޮރުވެރިޔާއޭ، މި ހުރިހާ އެއްޗެއް އައިސް މި ޖެހެނީ ހަގީގަތުގައި ހަމަ އެންމެ ތަނެއްގައި، މިއިން ކޮންމެ އެއްޗެއް ކިޔާފައި އައިސްފަ މި ހުރިހާ ކަންކަން ކުރަމުން އަންނައިރުގައި ރައްޔިތުންނަށް މިދެނީ ވަރަށް ބޮޑެތި އަނިޔާތައް،" --- މެމްބަރު ޝާހިދު ވިދާޅުވި އެވެ.

މެމްބަރު ޝާހިދު ވިދާޅުވި ގޮތުގައި، މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުން ޖެހެނީ ޕޯޓަލްއަށްވަދެ ރެޔާ ދުވާލު ހޭލައި ތިބެ މައުލޫމާތު ހޯދަން ކަމަށާއި، މިކަމުގެ ތެރޭގައި ރައްޔިތުން މުޅި އަހަރު ހޭދަކުރަންޖެހޭ ކަމަށް މެމްބަރު ވިދާޅުވި އެވެ. މެމްބަރު ޝާހިދު ވިދާޅުވި ގޮތުގައި، މި ކަންކަން ދިމާވާން މެދުވެރިވީ ސަބަބަކީ ބައެއް ފަރާތްތަކުން މިފަދަ ކަންކަން ސިޔާސީކުރުމުން ކަމަށެވެ.

Advertisement

Advertisement 1

މެމްބަރު ޝާހިދު ވިދާޅުވި ގޮތުގައި، މިކަމުގެ ފެށުމަކީ ސިޔާސީ ބައެއް ފަރާތްތަކުން ސިޔާސީ ބާރުތައް ނެގުމަށް، ސިޔާސީ ގޮތުން އެ ފަރާތްތަކުގެ ސަރުކާރު ދެމެހެއްޓުމަށާއި ވޯޓު ހޯދުމަށް ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ވިދާޅުވެ މެމްބަރު ޝާހިދު ވަނީ ކުރީގެ ސަރުކާރުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންކަން ސަރުކާރުގެ އިދާރާތަކުން ކުރުމުގެ ބަދަލުގައި އެހެން ބަޔަކަށް އެ މަސައްކަތް ދޫކޮށްލަން ފެނިވަޑައިގަންނަވާ ކަމަށް މެމްބަރު ޝާހިދު އިތުރަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

2 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

2 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

2 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

3 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

3 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

5 ދުވަސް ކުރިން - 07:43