Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންޑިއާ އަދި ޗައިނާގެ ފައިސާއިން ވިޔަފާރިކުރަން ފެށުމުން ޑޮލަރުގެ މައްސަލައަށް ލުއިތަކެއް ލިބިގެންދާނެ: މިނިސްޓަރު ސައީދު

އިންޑިއާ އަދި ޗައިނާގެ ފައިސާއިން ވިޔަފާރިކުރަން ފެށުމުން ޑޮލަރުގެ މައްސަލައަށް ލުއިތަކެއް ލިބިގެންދާނެ: މިނިސްޓަރު ސައީދު

މުޙައްމަދު ޖިނާން ހުސައިން ޖަބީން
305 ދުވަސް ކުރިން - 28 އޮކްޓޫބަރު 2025 11:28
އިކޮނޮމިކް މިނިސްޓަރު ސައީދު.  މިނިސްޓަރު ވިދާޅުވީ، ދިވެހި ރުފިޔާ ބަލިކަށިވަމުންދާ މައްސަލައަކީ ވަރަށް ގިނަ ރައްޔިތުން އަދި ވިޔަފާރިވެރިން ކަންބޮޑުވާ މައްސަލައެއް ކަމަށް--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އިކޮނޮމިކް މިނިސްޓަރު ސައީދު. މިނިސްޓަރު ވިދާޅުވީ، ދިވެހި ރުފިޔާ ބަލިކަށިވަމުންދާ މައްސަލައަކީ ވަރަށް ގިނަ ރައްޔިތުން އަދި ވިޔަފާރިވެރިން ކަންބޮޑުވާ މައްސަލައެއް ކަމަށް--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

މި ސަރުކާރު އައުމަށްފަހުގައި ވަކިވަރަކަށް ޑޮލަރު މާރުކުރަން ފެށި އެކަމުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށާއި އޭގެ ތެރޭގައި، ކާޑު ލިމިޓު ބޮޑުކުރުން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވި

އިންޑިއާ އަދި ޗައިނާގެ ފައިސާއިން ވިޔަފާރިކުރަން ފެށުމުން ޑޮލަރުގެ މައްސަލައަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު މި މޭރުމުން ވިދާޅުވީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މެމްބަރު އައްބާސް ކުރެއްވި ސުވާލަކީ، ޑޮލަރުގެ އަގު މައްޗަށް ދިއުމުގެ ސަބަބުން ރައްޔިތުންނަށް ދަތި އުނދަގޫތަކާ ކުރިމަތިވާ ކަމަށާއި އަދި ތަކެތީގެ އަގު ބޮޑުވާ އެއް ސަބަބު ކަމަށް ގިނަ ވިޔަފާރިވެރިން ބުނަމުންދާތީ ޑޮލަރުގެ އަގު ތިރިކުރުމަށްޓަކައި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ކޮބައިތޯ އެވެ. މެމްބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހި ރުފިޔާ ބަލިކަށިވަމުންދާ މައްސަލައަކީ ވަރަށް ގިނަ ރައްޔިތުން އަދި ވިޔަފާރިވެރިން ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

ވަކިވަރަކަށް ޑޮލަރު މާރުކުރުމަކީ މީގެ ކުރީގެ އެއްވެސް ސަރުކާރަކަށް ކުރަން ނުކެރުނު ކަމެއް ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ސަރުކާރު އައުމަށްފަހުގައި ވަކިވަރަކަށް ޑޮލަރު މާރުކުރަން ފެށި އެކަމުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި، ކާޑު ލިމިޓު ބޮޑުކުރުމާއި، ބޭންކުން ޓީޓީއަށް ބޭރު ފައިސާ ދައްކާ އަދަދު އިތުރުކުރުން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ސަރުކާރުން ޗައިނާ އަދި އިންޑިއާ އާއިއެކު ލޯކަލް ކަރަންސީ ސެޓަލްމެންޓްގެ ނިޒާމުތައް ގާއިމުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޗައިނާ އަދި އިންޑިއާ އެއްކޮށްލީމަ ދެ ބިލިއަން ޑޮލަރާ ގާތަށް މި ދެ ގައުމާއެކު ވިޔަފާރިކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، އިންޑިއާ އަދި ޗައިނާގެ ފައިސާއިން ވިޔަފާރިކުރެވޭ ގޮތް އިންތިޒާމްވަމުން އަންނަ ކަމަށާއި، އެ ދެ ގައުމުގެ ފައިސާއިން ވިޔަފާރިކުރަން ފެށިއްޖެނަމަ މިހާރު ޑޮލަރަށް ދިމާވެފައިވާ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރު މުހައްމަދު ސައީދުރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

2 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

2 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

2 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

3 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

3 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

5 ދުވަސް ކުރިން - 07:43