އެއާޕޯޓުން ޑޮލަރު ފޭރުނު މީހުން ފިލަން ބޭނުންކުރި ލޯންޗު ހޯދައި، 4 މީހުން ހައްޔަރުކޮށްފި

މުހައްމަދު ޖަމްޝަތު | 39 ދުވަސް ކުރިން - 27 އޮކްޓޯބަރު 2025 13:46
ޝަހީދު ހުސެން އާދަމް ބިލްޑިންގް---ފޮޓޯ:ޚުލާސާ
ޝަހީދު ހުސެން އާދަމް ބިލްޑިންގް---ފޮޓޯ:ޚުލާސާ
ޚުލާސާ

ހާދިސާ ފުލުހުންނަށް ރިޕޯޓުކުރިތާ އަދި 12 ގަޑިއިރު ނުވޭ. މައްސަލައާ ގުޅޭ ބަޔަކު ހައްޔަކުރި ނަމަވެސް ފައިސާ ރިކަވާ ކުރެވުނު ކަމެއް ޔަގީނެއް ނޫން

ރޭ ފަތިހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބީއެމްއެލްގެ މުވައްޒަފުންތަކެއް އަތުން ލައްކައަކަށްވުރެ ގިނަ ޑޮލަރު ފޭރުނު މައްސަލައިގައި ހަތަރު މީހުން ހައްޔަރުކޮށްފި އެވެ.

މި މިީހުން ހައްޔަރުކުރިކަން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ހާމަކުރައްވާފަ އެވެ. ފުލުހުންގެ މަސައްކަތަށް ތައުރީފުކޮށް މިނިސްޓަރު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ ފޭރުމުގައި އުޅުނު މީހުން ފިލަން ބޭނުންކުރި ލޯންޗް ހޯދައި ހަތަރު މީހުން ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކުރި މީހުންގެ ވަނަވަރު އަދި ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އެމީހުން ފޭރިގަތް ޑޮލަރު އަނބުރާ ހޯދިފައިވާކަމެއްވެސް ނޭނގެއެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާގައި ފޭރިގަތް ސޫޓްކޭސްގައި ގައި ލައްކައަކަށް ވުރެ ގިނަ ޑޮލަރު ހުއްޓެވެ. އަދި އެ ފައިސާ ތަކަކީ ވީއައިއޭގެ އާ ޓާމިނަލުގައި ހުންނަ ޑޮލަރު ވިއްކާ ކައުންޓަރަށް ގެންދަން ބީއެމްއެލް އިން ގެންދިޔަ ފައިސާ ތަކަކެވެ. ބޭންކުން އެއްތަނުން އަނެެއްތަނަށް ފައިސާ ގެންދިއުމަށް ފުލުހުންގެ ސެކިއުރިޓީ އާންމުކޮށް ބޭނުންކުރި ނަމަވެސް މިހާ ބޮޑު އަދަދެއްގެ ފައިސާ ހިފައިގެން ދިޔައިރު ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގީ ރޭފަތިހު 4:45 ހާއިރު އެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާ އެއް ކަމާއި އެއީ ކޮން ބޭންކެއްގެ މުވައްޒަފުންތަކެއް ކަމާއި ފޭރުމުގައި ޝާމިލުވަނީ ކިތައް މީހުން ކަމެއް ފުލުހުން ނުބުނެ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%