Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރިޒާ އިސްތިއުފާ ދެއްވުމުން ޖޭއެސްސީއަށް ހުސްނީ މުބާރިކް

ރިޒާ އިސްތިއުފާ ދެއްވުމުން ޖޭއެސްސީއަށް ހުސްނީ މުބާރިކް

މުހައްމަދު ޖަމްޝަތު
227 ދުވަސް ކުރިން - 27 އޮކްޓޫބަރު 2025 12:00
މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް---ފޮޓޯ:މަޖިލިސް އިދާރާ
މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް---ފޮޓޯ:މަޖިލިސް އިދާރާ
ޚުލާސާ

ހުސްނީ ޖޭއެސްސީއަށް އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުގެ 58 މެމްބަރަކު ވޯޓު ދިން.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަނުކުރާ މެމްބަރަކީ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ކަމަށް ކަނޑައަޅައިފިއެވެ.

ޖޭއެސްސީގައި 10 މެންބަރުން ތިއްބަވާއިރު، މަޖިލީހުގެ މެންބަރުންގެ ތެރެއިން ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ކުއްލިގޮތަކަށް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ޖޭއެސްސީގެ ރައީސްގެ މަގާމުގައިވެސް ހުންނެވީ ރިޒާ އެވެ.

މަޖިލީހުން ޖޭއެސްސީއަށް މެންބަރަކު ކަނޑައެޅުމަށް ނަން ހުށައެޅުމަށާއި ތާއީދުކުރުމަށް މިއަދުގެ ޖަލްސާގައި ހުޅުވާލުމުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކްގެ ނަން ހުށައަޅުއްވާފައެވެ. އެ ނަމަށް ތާއީދުކުރެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސެވެ.

Advertisement

Advertisement 1

ޖޭއެސްސީގެ މެންބަރުކަމަށް ހުސްނީ މުބާރިކް ކަނޑައެޅުމަށް ނެގި ވޯޓުން އޭނާ އައްޔަންކުރަން ފެންނަކަމަށް 58 މެންބަރުން ވޯޓުދެއްވިއެވެ.

ޖޭއެސްސީ އެކުލެވިގެން ވަނީ ދިހަ މެމްބަރުންގެ މައްޗަށެވެ. އޭގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރަކާއި އެޓާނީ ޖެނެރަލް ހިމެނެއެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލިސް ރައީސް އާއި މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބޭފުޅަކާއި މަޖިލީހުން އައްޔަން ކުރައްވާ އާއްމުންގެ މެމްބަރާއި އަދި މަޖިލީހުން ރުހުންދޭ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ހިމެނެއެވެ. ދެން ޖޭއެސްސީގައި ތިއްބަވަނީ ތިން މަރުހަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރެކެވެ. ޖޭއެސްސީގެ ގާނޫނުގެ ދަށުން މެންބަރުކަމުގެ މަގާމެއް ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މީހަކު ކޮމިޝަނަށް އައްޔަންކުރި ފަރާތުން އެ މަގާމަށް މީހަކު އަލުން އައްޔަންކުރަންޖެހޭނެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ)ރައްޔިތުންގެ މަޖިލިސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

5 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

6 ދުވަސް ކުރިން - 12:12

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

10 ދުވަސް ކުރިން - 10:21

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މުރާޖައާކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އަނބުރާ ފޮނުއްވައިފި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މުރާޖައާކުރުމަށް އަނބުރާ ފޮނުއްވައިފި

10 ދުވަސް ކުރިން - 02:25

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

10 ދުވަސް ކުރިން - 14:31

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ ބެހި ކަމަށް ބުނާ ވާހަކަ ޝުޖާއު ދޮގުކޮށްފި

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ އެއް ނުބަހާ: ޝުޖާއު

11 ދުވަސް ކުރިން - 00:50