ޔޫއެސްއެސް ނިމިޓްޒް ކެރިއާ ސްޓްރައިކް ގްރޫޕްގެ އެމެރިކާގެ އަސްކަރީ ދެ މަތިންދާބޯޓެއް ދެކުނު ޗައިނާ ކަނޑަށް ވެއްޓިއްޖެ ކަމަށް އެމެރިކާގެ ޕެސިފިކް ފްލީޓުން ބުނެފިއެވެ. މި ދެބޯޓު ވެއްޓުނީ ވަކިވަކި ހާދިސާތަކުގައެވެ. ދެވަނަ ބޯޓު ވެއްޓުނީ ފުރަތަމަ ބޯޓު ވެއްޓުނުތާ ގާތްގަނޑަކަށް ބައިގަޑިއިރުތެރޭގައެވެ.
ޚަބަރުތައް ބުނާ ގޮތުގައި ފުރަތަމަ ވެއްޓުނީ ހެލިކޮޕްޓަރެވެ. ދެން ވެއްޓުނީ ފައިޓާ ޖެޓެކެވެ. މި ދޭތިވެސް ވެއްޓުނީ ރޫޓިން އޮޕަރޭޝަނެއްގެ ތެރޭގައި ކަމަށާއި އެ ދެއުޅަނދުގައި ތިބި ޕައިލެޓުންނާއި ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށް އެމެރިކާއިން ބުނެއެވެ.
މި ބޯޓުތައް ވެއްޓިފައިވަނީ އިންޑޯ ޕެސިފިކްގައި މައްސަލަ ގޯސްވެ ޗައިނާ އިން އެމެެރިކާ އަށް އިންޒާރެއް ވެސް ދީފައި ވަނިކޮށް ކަން ފާހަގަ ކުރެވެއެވެ.
އެމެރިކާއިން ދަނީ ޙާދިސާ ތަޙްޤީޤު ކުރަމުންނެވެ.






